ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލިފަހުން ދެ ހަފްތާ: ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1700 ގައި!

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ ގުޅިގެން، ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، މިދިއަ މަހުގެ 15 ވަނަ ދުވަހު ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލި ފަހުން، މިދިއަ މަހުގެ ނިޔަލަށް 1،700 އެއްހާ ޓޫރިސްޓުންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޯޑަރު ހުޅުވާލިފަހުން 15 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރީ ޖުމްލަ 1،769 ޓޫރިސްޓުންނެވެ.

ކޮވިޑާއި އެކު ރާއްޖޭގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑަށް ހީނަރުކަން އައިސްފައެވެ.  އޮންއެރައިވަލް ވިސާތައް މިހާރު ދޫކުރަމުން ދާއިރު ކޮވިޑުގެ ހާލަތާއި އެކު އިގްތިސޯދަށް ބޮޑު މަޑުޖެހުމެއް އައިސް، ފަތުރުވެރިކަމަށް ވަނީ ހުއްޓުމެއް އައިސްފައެވެ.

ގިނަ ދުވަސްތަކަށްފަހު ބޯޑަރު ހުޅުވާލިއިރު ވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި އުންމީދުތަކެއް ކުރެވެއެވެ. އަދި އަންދާޒާތަކެއްކޮށް އަހަރު ނިމޭއިރު ޖުމްލަ އަށްލައް ފަތުރުވެރިން އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮވިޑުގެ ސަބަބުން އޮން އެރައިވަލް ވިސާތައް ދޫކުރުން ހުއްޓާލާ، ބޯޑަރުތައް ބަންދު ކުރުމާއި ހަމައަށް ރާއްޖެ އައިސްފައިވަނީ 382،762 (ތިންލައްކަ އައްޑިހަ ދެހާސް ހަތްސަތޭކަ ފަސްދޮޅަސް ދެ) ފަތުރުވެރިންނެވެ. އޭރު ވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ބަލި ބާރު ސްޕީޑެއްގައި ފެތުރެމުން ދިއުމުގެ ސަބަބުން ފަތުރުވެރިން އައި ނިސްބަތް އަހަރު ފެށުނުއިރު ވެސް މަދުވިއެވެ.

ބޯޑަރު ހުޅުވާލިތާ މަހެއް ފުރޭނީ އަންނަ ހަފްތާއަށެވެ. މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުތައް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އާއްމުކޮށްފައެވެ. އެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނާއި، އެމެރިކާ އަދި ޔޫއޭއީގެ އިތުރުން ޖަރުމަންވިލާތުންނެވެ.

https://twitter.com/ImmigrationMV/status/1290238395709419520

ރާއްޖެއަށް އައި ފަތުރުވެރިން ނިސްބަތްވާ 10 ގައުމެއްގެ މައުލޫމާތުތައް، އިމިގްރޭޝަނުން ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި ވެއެވެ. އެގޮތުން ޔޫކޭއިން 258 ފަތުރުވެރިން، ޔޫއެސްއިން 189 ފަތުރުވެރިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް 143 ފަތުރުވެރިން، ޖަރުމަނުން 135 ފަތުރުވެރިން، ސްވިޒަލޭންޑުން 79 ފަތުރުވެރިން، ސްޕެއިންއިން 62 ފަތުރުވެރިން، ފްރާންސްއިން 58 ފަތުރުވެރިން، ރަޝިއަން ފެޑަރޭޝަންއިން 58 ފަތުރުވެރިން، އަދި އިޓަލީއިން 44 ފަތުރުވެރިން އައިސްފައިވާއިރު ފިލިޕީންސިން ވަނީ 43 ފަތުރުވެރިއަކު އައިސްފައެވެ.

މި ގައުމުތަކުން އައި ފަތުރުވެރިންގެ ޖުމްލަ އަދަދުތައް 622 އަށް އަރައެވެ. އަނެއް 700 ފަތުރުވެރިންނަކީ އެހެނިހެން ގައުމުތަކުން އައި މީހުންގެ ގޮތުގައި ތަފާސްހިސާބުގައި ވެއެވެ. ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިތާ ހަފްތާއެއްގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 904 އެވެ.

ބޯޑަރުތައް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ފަތުރުވެރިކަމަށް ބޮޑެތި އުންމީދުތަކެއް ކުރެވޭއިރު، ރާއްޖޭގެ ބޯޑަރުތައް ދެވަނަ ފަހަރަށް ބަންދު ކުރަންޖެހޭ ހާލަތަކަށް ނުދާނެ ކަމަށެވެ.

ފަތުރުވެރިކަމަށް ތައްޔާރުކޮށްފައިވާ ސިނާރިއޯތައް ދައްކާގޮތުން ރާއްޖެއަށް 845،546 (އަށްލައްކަ ސާޅީސް ފަސްހާސް ފައްސަތޭކަ ސާޅީސް ހަ) ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާނަމަ 50 އިންސައްތަ ދަށް އަދަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: