ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ރައީސުންނާއި ގާތަށްވެސް ރައީސް ސޯލިހަށް މަސައްކަތް ނުކުރެއްވޭ: ހުސެއިން

ޝެއާރކޮށްލާ ކަހަލަދޯ؟

ފަހުގެ ތަރީޚުގައި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުން ކުރެއްވި މަސައްކަތާއި ގާތަށްވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް އެއްވެސް ކަމެއް ނުކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް  ވިދާޅުވެއްޖެއެވެ.

ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ދެހާސް އަށަކުން ފެށިގެން ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ޑރ. ވަހީދު މަސައްކަތް ކުރެއްވި ވަރަށްވެސް ރައީސް ސޯލިހަށް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

ހުސެއިން ވިދާޅުވީ ރައީސް ސޯލިހަށް އެއްވެސް ކަމެއް ނުކުރެއްވިގެން އުޅޭނީ އެކަމަށް އެކަށީގެންވާ ޤާބިލު ކެބިނެޓެއްވެސް ނެތުމުން ކަމަށެވެ.

ކަންކަން ކުރެވޭގެ ވަރުގެ ޤާބިލު ވަޒީރުން މިނިސްޓްރީތަކުގައި ތިއްބެވި ނަމަ މިސަރުކާރަށާއި ރައިސް ސޯލިހަށް ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް ކޮށްދެވިދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ސިޔާސީ ޕޯޑިއަމަކަށް އަރާ ކޮންމެ މީހަކަށް މަޤާމެއް ދޭންވެއްޖެ ނަމަ ކަންތައްތައް ޥާނެ ގޮތުގެ މިސާލުތައް މިސަރުކާރުން ފެންނަމުންދާ ކަމަށެވެ. އެފަދަ މީހުން މަޤާމުތަކަށް ލައިގެން ގައުމު ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހުސެން ވިދާޅުވިއެވެ.

”އެމްޑީޕީގައި ވެސް އެބަތިބި ކިޔައިވައިގެން ތިއްބެވި ޤާބިލު މީޙުން، އެކަމަކު ސިޔާސީ ގޮތުން ނުކުންނަ ކޮންމެ މީހަކަށް މަޤާމު ދޭންވެއްޖެ އެއްވެސް ކަމެއް ނުވާނެ ކަން މި ފެންނަނީ“ ހުސެއިން

މީގެ އިތުރުން ހުސެއިން ވިދާޅުވީ ރައީސް ސޯލިހުގެ ދައުރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި މިސަރުކާރަށް ކޮވިޑުގެ ސަބަބުން އިޤްތިސާދަށް ލިބުނު ގެއްލުމުން އަރައިގަތުމުގެ ޤާބިލު ކަމެއް ނެތް ކަމަށެވެ.

ހުސެއިން ވިދާޅުވީ ސަރުކާރުގެ އެންމެ ދޯހަޅި ކަމަކީ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި ވެރިކަމަށް އައި ގޮތަށް ބަދަލު ދިނުމުގެ ނަމުގައި އެތައް މިލިއަނެއްގެ ފައިސާ ބަހާ ހުސްކުރުން ކަމަށެވެ. އަދި އެގޮތަށް ރޭވުންތެރި ކަމެއްނެތި ކަންކަން ނުކުރިނަމަ މިއަދު ރައްޔިތުންނަށް މި ތަކްލީފުތަކާއި ކުރިމަތި ލާކަށް ނުޖެހޭނެ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

ބަދަލު ދިނުމުގައި މިހާރު އަމަލުކޮށްފައިވާ ގޮތަށްވުރެ އެއްވެސް ބަޔަކަށް ގެއްލުންނުވެ، ބަހާލައިގެން ވަކި މުއްދަތެއްގައި އެކަން ކުރެވޭނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: