ކުށެއް ނެތް މީހަކަށް އަނިޔާކޮށް އަނިޔާއަށް ކެތް ނުވެ މީހަކު މަރުވެއްޖެނަމަ އެކަމުގެ ޒިންމާ އއެއިރެއްގެ ދައުލަތަކުން ނަގަންޖެހޭނެކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލި ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުވާއެެއް އަދި ހުކުމެއްނެތި މީހަކު ޖަލެއްގައި ބަންދުކޮށްގެން ގެންގުޅުމަކީ ދެވޭ ލާއިންސާނީ ބޮޑު އަނިޔާއެއް ކަމަށެވެ. އަދި އެއަނިޔާއަށް ކެތްނުުރެވިގެން މީހެއްގެ ފުރާނަ ހިނގައްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ޖަލު ހިންގާ ދައުލަތަކުން ކަމަށް ވިދާޅުވިއެވެ.
މެމްބަރު އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު ޝަރީއަތެއް އަދި ތަހުގީގެއްނެތި 3 އަހަރު ވަންދެން ޖަލުގައި ބަހައްޓާފައި ވަނިކޮށް ޔަމަނަށް ނިސްބަތްވާ ޔާސިރު ޔަހްޔާ ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ. އޭނާ ވަނީ އޭނާގެ ހައްގުތަކަށް ހުރަސް އަޅަމުންދާތީ ދެބުރަކަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލުވެސް ވަނީ ކޮށްފައެވެ.
އޭނާ ނިޔާވިއިރު އާއިލީ ބައްދަލުވުންތަކާއި ފޯންކޯލްތައްވެސް ވަނީ މެދުކަނޑާލާފައެވެ. ޔާސިރުގެ އާއިލާގެ ގާނޫނީ ޓީމުން މިކަން ވަނީ ކުށްވެރިކޮށްފައެވެ. އަދި ޔާސިރު ބޭރަށް ދާން އެއްބަސްނުވާކަމަށް ބުނެ ދައްކާ ވާހަކަތައްވެސް ވަނީ ދޮގުކޮށްފައެވެ. އަދި ލިޔުންތައް ހޯދައިދިނުމަށް އެދި އާއިލާއިންވެސް އެދިފައިވާ ކަމަށާއި އެލިޔުންތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ޔާސިރު ގެއަށް ބަދަލުކޮށްދިނުމަށް ތަކުރާރުކޮށް އާއިލާއިން ވަނީ އެދިފައެވެ. އެހެންނަމަވެސް އޭނާ ނިޔާވުމުގެ ހަފްތާއެއް ކުރިންވެސް އޭނާ ގެއަށް ބަދަލުކޮށްދޭންޖެހޭ ސަބަބެއްނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އޭނާ ނިޔާވުމުގެ ކުރިން ދެބުރަކަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައެ.

