ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ފުލުހުންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި، މިވަގުތު ފަރުވާ ދެމުންދާ 56 ފުލުހުން އެބަތިބި!

ގިނަ ފުލުހުންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި،
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ފުލުހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ، މިވަގުތު ވެސް ބައްޔަށް ޕޮޒިޓިވްވެ 56 ފުލުހަކަށް މިހާރުވެސް ފަރުވާދެމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ފްރަންޓްލައިނުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މި ކޭސްތަކާއި ކޮންޓެކްޓުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ނަރުހުންނާއި، އަދި ފުލުހުންނާއި ސިފައިން ވަނީ އައިސޮލޭޓުވެ ކަރަންޓީނުކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ފުލުހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވިއެވެ. މިފަހުން މާލޭގައި އަނެއްކާވެސް ކޮވިޑު ފެތުރެން ފެށިފަހުން ފުލުހުންގެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެ، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 56 މީހެއް އެބަތިއްބެވެ. އަދި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި ފުލުހުންގެ ޖުމްލަ އަދަދު 93 އަށް އަރައެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދަޅުވީ ބަލި ފަތުރުން ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ފުލުހުން މި ބަލިން ރައްކާތެރިކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނަ ކަމަށެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދަޅުވީ ބަލި ފަތުރުން ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ފުލުހުން މި ބަލިން ރައްކާތެރިކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނަ ކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ބަލި ފެތުރެމުން އައި ނަމަވެސް، ކޮވިޑާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ފުލުހުން އަންނަނީ ލީޑާޝިޕެއް ދައްކަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: