ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ޤަވައިދާއެކު ބިދޭސީން ވިޔަފާރިކުރަން ތިބޭ މައްސަލައަށް ހައްލެއް އަންނާނެ: މިނިސްޓަރ ފައްޔާޒް

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީ މަސައްކަތްތަތެރިންނާ ބެހޭ އާ ގަވާއިދާއެކު މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ބިދޭސީން ވިޔަފާރިކުރަން ތިބޭ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ކުދިކުދި ތަންތަންކޮޅު ހަދައިގެން ބިދޭސީން ވިޔަފާރިކުރަން ތިބޭ މައްސަލައަކީވެސް ގިނަ ބަޔަކު ކުރާ ޝަކުވާއެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެ ހުރިހާ މައްސަލައަކަށްވެސް އަލަށް ހަދާ ޤަވައިދުގެ ދަށުން ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީ މަސައްކަތްތަތެރިންގެ އާ ގަވާއިދު އަންނަ ހަފްތާގެ ތެރޭގައި އާއްމު ކުރައްވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއް ކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، އެފަދަ ބޮޑެތި މައްސަލަތަކަށް އަވަސް ހައްލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ މައްސަލައެއް ކަމަށާއި ގަވައިދަށް ގެންނަ އިސްލާހުތަކާއެކު މިހާރު ހުރި ގިނަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ކޯވިޑްގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމު އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި އޮތުމަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ 20،000 ބިދޭސީ މަސައްކަތްތެރީން މިއަހަރުގެ ތެރޭގައި އަނބުރާ ގައުމަށް ފޮނުވާލުމަކީ އަމާޒެއް ކަމަށެވެ.

 ކޮވިޑް 19ގެ ސަބަބުން ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށާއި ކޮވިޑްގެ ސަބަބުން ބިދޭސީންގެ މައްސަލަތައް އިތުރަށް ގޯސްވެސްވެފައިވާ ކަމަށެވެ.

ބިދޭސީން ބައިތިއްބާ ތަންތަނުގެ ހާލަތު ދަށްކަމާއި، އެއްތަނެއްގައި ތޮއްޖެހިގެން އެތައް ބިދޭސީންނެއް ގެންގުޅުމުގެ ސަބަބުން ކޮވިޑުގެ ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވެ އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރަމުންދާކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: