ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޅަނދުފަހަރު ލަފާ ފުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފި

އުޅަނދުފަހަރު ލަފާ ފުރުމަށް ވަކި ސަރަހައްދުތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތަކުން އަންނަ އުޅަނދުފަހަރު ލަފާ ފުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފިއެވެ.

ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ މިއީ ކޮވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެގޮތުން އެޅި ފިޔަވަޅެއްކަމަށެވެ. އަދި ސިޓީ ކައުންސިލުން ކަނޑައަޅާ ސަރަަހައްދު ފިޔަވައި އެހެން ސަރަހައްދަކުން އުޅަނދުފަހަރަށް ލަފާ ނުފުރޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

އުޅަނދުފަހަރު ލަފާފުރުމުގައި ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކަކީ

1. އަތޮޅުތަކުން މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި މާލޭގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުންކުރުން. 

2. އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ އެއް ނަމްބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި) ބޭނުންކުރުން. 

3. އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުތަކަށް ހުޅުމާލޭގެ ބަނދަރު ބޭނުންކުރުން. 

4. އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމަށް ތިލަފުށި ބަނދަރު ބޭނުންކުރުން
5. ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ ފަސް ނަމަބްރު ޖެޓީ އާއި ހަ ނަމްބަރު ޖެޓީ ބޭނުންކުރުން

މިކަމާ ގުޅޭ ތަފްސީލް ދެއްވަމުން ޑރ ނަޒްލާ ރަފީގް ވިދާޅުވީ މިގަވާއިދުތަކާއި އެއްގޮތަށް ފިޔަވަޅު އަޅާނެ އުސޫލެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށެވެ. އަދި އުސޫލުތަކާއި ޚިލާފްވާ އުޅަނދެއްގެ ކެޕްޓަނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: