ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ނުދަރާނެ ކަމަކަށް ޤާބޫލެއް ނުކުރެވޭ: ރައީސް ނަޝިދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނި ނުދެއްކިގެން ސޮވެރިން ޑިފޯލްޓް އަކަށް ނުދާނެ ކަމުގެ ޔަގީންކަން މިހާރުގެ ފިނޭންސް މިނިސްޓަރު ދެއްވި ނަމަވެސް، ރާއްޖެ ނުދަރާނެ ކަމަކަށް ޤާބޫލެއް ނުކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު މުޅި މަޖިލިސް އެއްކޮށްގެން ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދަރާފާނެ ހާލަތަކަށް ދިވެހި ދައުލަތް ތައްޔާރުވެފައިވާ ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީއަށް ހާޒިރުވި އޭރާ މިހާރުގެ މާލީ އިދާރާތަކުގެ ވެރިނގެ ވާހަކަތަކުން ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާ ކަމަށް އެމަނިކުފާނަށް ސާފުވެގެން ދިޔަ ކަމަށެވެ.

”މިއަދުގެ ބައްދަލުވުމުން އަޅުގަނޑުމެންނަށް ޔަގީން ވެގެން ދިޔަ ކަމަކީ ޑެޓް މެނޭޖްމަންޓްގެ ކަންކަން ރަނގަޅަށް ބެލެހެއްޓެމުން ނުދާ ކަން. އަޅުގަނޑަކީ ކުރީގެ ރައީސެއް. އަދި އަޅުގަނޑަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޅުގަނޑަށް އެ ކަން ވަރަށް ސާފުކޮށް ފެނޭ،“ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ސަން ކުންފުންޏަށް ދޫކުރި ސޮވެރިން ގެރެންޓީއަކުން ޗައިނާގެ އެގްޒިމް ބޭންކްއިން ނެގި ފައިސާ ނުދައްކައިގެން ދިވެހި ސަރުކާރަށް ސިޓީ ފޮނުވުމަކީ ބޭރުގެ މާލީ އިދާރާއަކުން އެފަދަ ގޮތަށް ދިވެހި ދައުލަތަށް އެންގި ފުރަތަމަ ފަހަރު ކަމަށެވެ.

މިހާރުގެ ފިނޭންސް މިނިސްޓަރަށް އިތުބާރު ކުރެއްވިޔަސް ދިމާވެގެން އުޅޭ މައްސަލައަކީ ދައުލަތުގެ ދަރަނި ރަނގަޅަށް ބެލެހެއްޓިފައި ނުވާތީ އެ ކަމުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަދަ ގޮތަކަށް މައްސަލަ އޮތް އިރު، ސޮވެރިން ޑިފޯލްޓް ކެންސަލް ވެދާނެ ކަމަށް ގަބޫލު ނުކުރެވެވޭ ކަމަށެވެ. އެމަނިކުފާނަށް މާލީ މާހިރުންގެ ލަފައާއި އިރުޝާދު ވެސް ލިބިފައި އޮތީ އެ ގޮތަށް ކަމަށެވެ. 

މަޖިލީހުގައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވީ ބްރިޖްގެ ޕްރޮޖެކްޓަށް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނު މައުލޫމާތާއި، ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރުގެ މަޤާމުގައި މުނައްވަރު ހުންނެވި އިރު ދައުލަތުގެ ނަމުގައި ނަގާފައިވާ ހަތަރު ލޯނެއްގެ މައުލޫމާތު މަޖިލީހުގައި ނެތް ކަމަށެވެ. އަދި މަޖިލީހުގައި ހުރި ދެ ސޮވެރިން ގެރެންޓީގެ މައުލޫމާތުތައް ފިނޭންސްގައި ނެތް ކަން އެނގޭ ކަމަށާއި އެހެންވެ އެ މައްސަލަ މަޖިލީހުން މި ކަން ބަލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމިޓީ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މުޅި މަޖިލީހުގެ ކޮމިޓީގެ އެ މަސައްކަތް ކުރިއަށް ދާނެ އެވެ. މިއަދު ހާޒިރު ކުރި ފަސް ބޭފުޅުން ހާޒިރުވާން އަންގާނެ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: