ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމަށް ނަސީދުގެ ތާއީދު އެބައޮތް : ޑީއާރުޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ގާނޫނު އަސާސީ އަށް ހުުށައެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަސީދުގެ ފުރިހަމަ ތާއީދު އެބައޮތްކަމަށް ޑީއާރުޕީއިން ބުނެފިއެވެ.

ޑީއާރުޕީއިން ކުރި ޓުވީޓެއްގައިބުނީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އިސްލާހު ހުށައެޅުއްވުމާއި ގުޅިގެން އެކަމާ ގުޅޭ މަސްވަރާތައް ކުރިއަށްދާ ކަމަށާއި، މަޖިލީހުގެ ރައީސް މުހަންމަދު ނަސީދުގެ ފުރިހަމަ ތާއީދު އެބައޮތްކަމަށެވެ.

ނިޒާމު ބަދަލުކުރުމަށް އިސްލާޙު ހުށަހަޅުއްވާފައިވާ ސަބަބެއްކަމަށް ޖާބިރު ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ރާއްޖޭގެ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިކަމަށާއި، އެ ވޯޓުގައި ރައްޔިތުންގެ އަގުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ އިންތިހާބެއްކަމަށް ކަނޑައެޅިނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގެ ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް މުތުލަގުގޮތެއްގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށް އަދި ރާއްޖޭގެ ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު، ރާއްޖޭގެ ވެރިކަން ހިންގަމުންދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށް ޖާބިރު ހުށަހެެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: