ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނަށް ސަލާމަތެއް ނުވެވުނު! ތެދުވެރިއެއްތޯ ބަލަން އިމްތިޔާޒް ކޮމިޓީއަށް!

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލު ކޮށްގެން ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދަވާފައިވާ ކަމަށްބުނެ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހާޒިރު ކުރަން ނިންމައިފިއެވެ.

އަމީންގެ މައްސަލަ އިމްތިޔާޒް ކޮމެޓީން ބަލައިދޭން އެދި އެ ކޮމެޓީއަށް ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި އެމަނިކުފާނު އެމައްސަލަ ފޮނުއްވެވީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކޮށްގެން ވެންޓިލޭޓަރު ގެނައުމާ ގުޅޭގޮތުން އަމީން މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ހުރި ވާހަކަތައް ދިމާނުވާތީއެވެ.

އަމީންގެ މައްސަލަ އާއި ގުޅިގެން ބުދަ ދުވަހު އޮތް އިމްތިޔާޒް ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުމުގައި ނިންމީ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އެ މައްސަލަ ކޮމެޓީން ނިންމުމަށެވެ.

ސަބް ކޮމެޓީގެ މެމްބަރު އަދި އިމްތިޔާޒް ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ މައްސަލާގެ ބާވަތުން ކޮމެޓީ އަށް ކޮންމެހެން އަމީން ހާޒިރު ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީގެ އިތުރު ބޭފުޅުން ހާޒިރު ކުރަންޖެހޭ ނަމަ އެކަން ކުރުމަށް ވެސް ސަބް ކޮމެޓީން ނިންމި އެވެ. އަދި އަމީން މަޖިލީހަށް ދެއްވީ ތެދު މައުލޫމާތެއްކަން ސާބިތުކޮށް ދެއްވޭނެ ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ދޭންޖެހޭނެ ކަމަށް ކަމަށްވެސް ކޮމިޓީގައިވަނީ ނިންމާފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް ގެނެސްދޭނެ ކުންފުންޏެއް ހޯދަން، ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް އަރްވިންދު މާތުރާ އެކު ކުރެއްވީ ރަސްމީ މުއާމަލާތެއް ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގައި އޮތް ގޮންޖެހުންތައް އަރުވިންދާ ހިއްސާކުރެއްވީ ރަސްމީ ބޭނުމެއްގައި ރަސްމީ ހައިސިއްޔަތުން ކަމަށާއި އަވަހަކަށް ތަކެތި ހޯދުމަށް ޑަބްލިއުއެޗްއޯގެ އެހީއަކަށް އެދެން ޖެހުނީ ކަމަށް އަމީން  ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއާ އެކު ހެލްތު މިނިސްޓްރީން ހިންގީ ރަސްމީ މުއާމަލާތެއް ކަމުގެ ހެއްކެއްގެ ގޮތުން މިނިސްޓަރު ދެއްކެވީ ޑަބްލިއެޗްއޯގެ ކަންޓްރީ އޮފީހުގެ މުވައްޒަފަކު ފޮނުވާފައިވާ އީމެއިލެކެވެ.

ބުދަ ދުވަހު އޮތް އިމްތިޔާޒް ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި އިމްތިޔާޒް ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ދޮގު މައުލޫމާތު ދިނުމަކީ ކުށެއް ކަމަށެވެ.

އެގޮތުން އޭގެ އަދަބެއްގެ ގޮތުން 3،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަހާއި ހަ މަސް ދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނޭ ކަމަށާއި އެހެންވެ އެފަދަ މައްއސަލައެއް ނިންމަންވާނީ ވަރަށް ރަނގަޅަށް ބެލިގެން ކަމަށް ޔާސިރު ވިދާޅުވިއެވެ.

މި މައްސަލަގައި ޑަބްލިއުއެޗްއޯއާ ގުޅޭ ކަންތައްތަކެއް ހިމެނޭތީ ކޮމެޓީ މަރުހަލާ ސިއްރުކުރުން މުހިންމު ކަމަށް ޔާސިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: