ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޖަވާބްދާރީ ކުރުމުގެ ނަމުގައި އެހެން ގާނޫނުތައް ނުމުގުރާ: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ސަންގުޓީވީގެ ހަބަރަށް ފަހު ޕްތޮގުރާމުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކަކީ ގާނޫނުތަކުގެ ތެރެއިން ސުލްހަވެރި ކަމާއިއެކު ސިޔާސީ ހަރަކާތްތައް ހިންގައި ސަރުކާރުގެ ޖަވާބްދާރީ ކުރުވުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކެއް ކަމަށާއި އެހެން ކަމުން ސަރުކާރު ޖަވާބްދާރީ ކުރުމުގެ ނަމުގައި އެހެން ގާނޫނުތަކާއި ހިލާފް ނުވުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކަށް ގޮވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ސިޔާސީ ހަރަކާތްތައް ހިންގާފައި ވާތީ އެ ދެ ޕާޓީ ޖޫރިމަނާ ކުރި މައްސަލަ ކޯޓަށް ހުށަހަޅާނެ ޕީއެންސީގެ ލީޑަރޝިޕުން ބުނެފައި ވާތީއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަންއިން ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާ ކުރުމާއި ގުޅިގެން ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށް ހިންގާ ސުލްހަވެރި އިހުތިޖާޖުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީޔައް ޖޫރިމަނާ ކުރުމަކީ ޕީއެންސީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އިލެކްޝަންސްއިން ޕީޕީއެމް، ޕީއެންސީ ޖޫރިމަނާ ކުރި މައްސަލަ ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަންގިޓީވީގެ ”ހަބަރަށްފަހު“ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޗަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އަދި އެ ނޫން ވެސް އެހެން ގާނޫނުތަކާއި ހިލާފް ނުވާނޭ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް އިލެކްޝަން ކޮމިޝަނުން މަރުހަބާ ކިޔާ ކަމަށާއި އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންފުމަށް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ޖަވާބްދާރީ ކުރުމުގެ ނަން އަޅުވައިގެން އެހެން ގާނޫނުތައް މުގުރާ ގާނޫނުތަކާއި ހިލާފަށް ކަންކަން ކުރުމަކީ އިލެކްޝަންސް ކޮމިޝަންއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޖަވާންދާރީ ކުރުމުގެ ނަމުގައި އެހެން ގާނޫނުތަކާއި ހިލާފަށް ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ އިލެކްޝަންސް ކޮމިޝަނުން ނުދޭނެ ކަމަށް ޗަރީފް ވިދާޅުވިއެވެ.

“ އަޅުގަނޑު ދަންނަވަން ބޭނުން ވަނީ ޕީއެންސީގެ ލީޑަރޝިޕަށް އަދި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އާދަމް ޗަރީފްއަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ދަންނަވަންތޯއޭ އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުން ސުލްހަވެރި ކަމާއެކީ ސަރުކާރު ޖަވާބްދާރީ ކުރުމަށްޓަކައި ކުރާ ކަންތައްތަކަށް ހިތްވަރުދޭނެ ބައެއް. އަޅުގަނޑުމެން ހިތްވަރު ދެން. ސަބަބަކީ އަޅުގަނޑުމެންނަށް އިނގޭ ސަރުކާރު ޖަވާބްދާރީ ކުރުމަށްކަން ސިޔާސީ ހަރަކާތްތައް ހިންގަނީ ވެސް. އެކަމަކު އަޅުގަނޑު މިބުނަނީ ސަރުކާރު ޖަވާންދާރީ ކުރުމަށްޓަކައި އެ ނަން އަޅުވައިގެން އެހެން ގާނޫނުތައް ނުމުގުރާށޭ. އެހެން ގާނޫނުތަކާ ހިލާފް ނުވާށޭ އަޅުގަނޑު މި ދަންނަވަނީ. ވާހަކައަކީ ގާނޫނުތަކާއި ހިލާފަށްދާ ކަމަށް ވާނަމަ އެއީ ސުލްހަވެރި އެއްވުމަކަށް ނުވާނެ. އެހެން ކަމުން އާދަމް ޗަރީފް އަށް އަޅުގަނޑު ދަންނަވާނީ ސިޔާސީ ޕާޓީތަކުން ސަރުކާރު ޖަވާބްދާރޫ ކުރުވުމުގެ ނަމުގައި އެހެން ގާނޫނުތަކާއި ހިލާފް ނުވާށޭ“ އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެކިއެކި ކަންކަމުގައި އަމލު ކުރާނެ ގޮތް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ކަމަށާއި އަދި މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ސިޔާސީ ހަރަކާތްތައް ވެސް ހިންގޭނެ ގޮތާއި ހިންގާނެ ގޮތްތައް އެޗްޕީއޭގެ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ޕީޕީއެމް އަދި ޕީއެންސީން ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކަކީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެއްކަން އާދަމް ޝަރީމް އަސް ވެސް އެނގިވަދައިގަންނަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް އިންސާފް ހޯދުމަށްޓަކައި ގާނޫނުގެ ދޮރުގައި ޓަކި ޖެހުމަކީ ލިބިގެންވާ ހައްގެއް ކަމަށާއި ޕީޕީއެމް އަދި ޕީއެންސީ ކުރި އިހުތިޖާޖާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ދެ ޕާޓީ ޖޫރިމަނާ ކުރި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައްގު އެ ދެ ޕާޓީއަށް ލިބިގެންވާކަން އީސީ ވެސް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ޕީޕީއެމް އަދި ޕީއެންސީ ވެސް ޖޫރިމަނާ ކޮށްފައި ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއާއި ޕީއެންސީ ޖޫރިމަނާ ކުރީ ގާނޫނާއި އެއްގޮތައްކަން ކޯޓުގައި ސާބިތުކޮށްދެވޭ ވަރަށް ހެކި އެބަހުރި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މީގެއިތރުުން ޝަރީފް ވިދާޅުވީ ގާނޫނާއި ހިލާފަށް ސިޔާސީ ހަރަކާތް ހިންގައިގެން ޖޫރިމަނާ ކޮށްފައި ވަނީ ހަމައެކަނި ޕީޕީއެމް އަދި ޕީއެންސީ ނޫން ކަމަށާއި އެހެން ސިޔާސީ ޕާޓީތައް ވެސް ޖޫރިމަނާ ކޮށްފައިވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ޕީޕީއެމް އަދި ޕީއެންސީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އިހުތިޖާޖުތައް ބާއްވަމުން ގެންދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް ކޮމިޝަންގެ ފަރާތުން އަޅާފައި ނުވާތީ ރައްޔިތުންގެ ފަރާތުން އަމާޒްވަމުންދާ ފާޑުކިޔުންތަކަށް ވެސް ޝަރީފް ވަނީ ޖަވާބް ދެއްވާފައެވެ.

އެގޮތުން ޗަރީފް ވިދާޅުވީ ކޮމިޝަން މައްސަލައެއް ބަލައި ނިންމުމުގެ ކުރިން ގާނޫނީ ގޮތުން ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނަ ކަމަށެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް އެއްވެސް ސިޔާސީ ޕާޓީއަކުން އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އެއްވެސް ސިޔާސީ ހަރަކާތެއް ހިންގައިފިނަމަ އެކަން ބަލައި ތަހުގީގުކޮށް އީސީއަށް އެންގުމަށް ކޮމިޝަންގެ ފަރާތުން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން މިފަހަރު ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާ ކުރުމަށް ކޮމިޝަނުން ނިންމި ނިންމުމަކީ ވެސް ފުލުހުން ކޮމޝަނަށް ހުސަހެޅީ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކޮމިޝަނުން އެ ރިޕޯޓުތައް ދިރާސާ ކުރުމަށް ފަހު ފެންނަން ހުރި ހެކިތަކުގެ މައްޗަށް ނިންމި ނިންމުންތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކޮމިޝަނުން ޕީޕީއެމްއާއި ޕީއެންސީއާއި މެދު ފުޔަވަޅު އެޅުމުގައި ލަސްތަކެއް ވެގެން ދިޔަ ކަމަށް ބައެއް ފަރާތްތަކަށް ގަބޫލު ކުރެވުނު ނަމަވެސް ކޮމިޝަންގެ ފަރާތުން އެކަން ދިޔައީ ކުރަމުން ކަމަށް ޗަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީތަކުން ގާނޫނުތަކާއި ހިލާފަށް ކިރާ އެއްވެސް ކަމަކަށް އިލެކްޝަންސް ކޮމިޝަނުން އެއްބާރުލުން ނުދޭނެ ކަމަށާއި ގާނޫނާއި ހިލާފަށް ކުރާ ކަންކަން ހުއްޓުވުމަށް ކޮމިޝަނުން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

#Khabarahfahu

#Khabarahfahu

Posted by Sangu TV on Tuesday, 1 September 2020

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: