ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެންމެ އިސް ލީޑަރު އޮޅުވާލި ކަމަށް ބުނެ ހަސަން ލަތީފް މަގާމުން ވަކިކޮށްދޭން އެދި ރައީސަށް ސިޓީއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ހަސަން ލަތީފް ވަކިކޮށްދިނުމަށް އެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިއު ޝުއައިބު އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް މިއަދު ފޮނުއްވައިފިއެވެ.

ޝުއައިބު މިފަދަ ސިޓީއެއް ރައީސް ސޯލިހަށް ފޮނުއްވާފައިމިވަނީ އެމްޑީޕީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވާތީ ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދާފައިވަނިކޮށެވެ.

ޝުއައިބުގެ މިއަދު ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް މަގާމަކީ ރައީސް ނަޝީދު ކަމަށް ހަސަން ލަތީފު އޭނާއަށް ފޮނުވި ސިޓީގައި ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު އެމްޑީޕީގެ އަސާސީ ގަވާއިދުގައި ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ އެންމެ އިސްފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ޕާޓީގެ މެންބަރު ކަމަށް ގަބޫލުނުކުރެއްވުމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއް ކަމުގައި ދެކޭ ކަމަށް ސިޓީގައިވެ އެވެ.

އެހެންކަމުން ނުރައްކާތެރި ކޮވިޑްގެ ހާލަތާއި، ސަރުކާރާ ރައީސް ސޯލިހާއި މެދު ދޮގު ވާހަކަތައް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި މުތުލަޤަށް ބަޔާންކުރާ ޕާޓީގެ އިސް ލީޑަރު ނަފީކޮށް އެހެން މާއްދާއަކަށް ރިއާޔަތްކޮށް ޕާޓީގެ އިސް ލީޑަރުގެ ނަފްސު އޮޅުވާލުމުން މިހާރުން މިހާރަށް ހަސަން ލަތީފް މަގާމުން ދުރުކޮށް ދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން މި ސިޓީގައި ވަނީ އެދިފައެވެ.

އެ ސިޓީގައި އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ގައްދާރު އަމަލުތަކުން އެމްޑީޕީގެ ކޮންގުރެސް އިން ފާސްކޮށްފައިވާ އަސާސީ ގަވާއިދުގައި ބުނެފައިވާ މާއްދާތަކަށް ފުރިހަމައަށް ތަބާވެގެން މެނުވީ 2023 ގައި އެމްޑީޕީއަށް ކުރިމަގު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
48%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 52%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މޮޔައެއްގެ ޢާޓީކަލެއް ކަހައިގެން ހަބަރަށް މާބޮޑު ތަރުހީބެއް ނުލިބޭނެ ތީގައްޔާގެ ޕަޕެޓެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: