ސަރުކާރާ މެދު ދިވެހި ރައްޔިތުން ރުޅި އައުމުން އައިސިސްގެ ޓޭޕް އަޅުވަން މަސައްކަތް ނުކުރުމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދ،ު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
”އިންޑިއާ އައުޓް“ އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ސެލްތަކުން ކަމަށް ރައީސް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.
ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އައިސިސް އިން ކުރާ ކަމެއްކަން މިހާރު ވަރަށް ގިނަ ބައިނަލްއަގުވާމީ އިދާރާތަށް ސާފުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީން މި ޝިޔާރު ބޭނުން ކުރާނަމަ، އެ ބާރު ދެވެނީ އައިސިސް އިން މި ރާއްޖެ ހިފުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދަށް ރައްދު ދެއްވި ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަން ހިންގައި، ހިދުމަތް ސުމެއްގައި އަދި ގައުމަށް ފައިދާ ހުރި ކަމެއް ނުކޮށްދެވި، ރައްޔިތުން ރުޅި އައުމުން އައިސިސްގެ ޓޭޕް އަޅުވާނެ ކަމެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އިސްވެރިންގެ ވާހަކަތަކަށް ދިވެހިން ފަރިތަވެފައިވާ ކަމަށާއި ފޮރުވިފައި އޮތީ ފަންޑު ހޯދުމާއި ވަކި ބަޔަކު ރުއްސުންތޯ ވެސް ޖަމީލު ވަނީ ސުވާލު ކުރައްވާފައެވެ.
”ތިޔަ ދުވަސްވީ އައިސިސްގެ ޓޭޕުން އިގްތިސާދު އަދި ރާއްޖެ އަށް ކޮންމެ ފަދަ ގެއްލުމެއް ވިޔަސް ރައީސް ނަޝީދު އަދި އެމްޑީޕީ އަށް ސިޔާސީ ފައިދާ އަށް ނެގިދާނެ ކަމަށް ހީވާނަމަ އެ ނިމުނީތޯ“ ޖަމީލު ވިދާޅުވިއެވެ.
Corruption hingai, khidhumaiy sumega jehi, qaumah faidhaahuri kameh nukoh dhevi, rayyithun rulhiaumun ISIS ge tape alhuvaane kameh nei. MDP ge isveringe thiya vaahaka ah Dhivehin farithavejje. Foruvifai othee fund hoadhumaai vaki bayaku russuntho? 1/2 pic.twitter.com/5fP1PkbRMX
— Mohamed Jameel Ahmed (@MJameelAhmed) September 14, 2020
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލައި ”އިންޑިއާ އައުޓް“ ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާއިރު ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ އަދަދެއްގެ މީހުން ގާއިމުވެ ތިބޭ ތިބުމާމެދު ދިވެހިން ގެންދަނީ ނުރުހޭކަން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޅު ކުރަމުންނެވެ.

