މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ޠައިބާ މިސްކިތް ކައިރިން ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު މިރޭ 20:45 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައި ވަނީ ކަރަށެވެ. އަނިޔާވި މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންކަމަށެވެ.

