ރާއްޖެއަކީ މިކަނޑުގައި ނުފޫޒުގަދަ ޤަޢުމެއް ކަމަށާއި ސިޔާދަތު ގަބޫލުނުކުރެވޭ ވަޒީރުން ކުފޫހަމަނުވާ ކަމަށް ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފައި، އެގައުމުގެ އަތްދަށަށް ރާއްޖެ ގެންނަ ބޭނުންވާ ނަމަ މިހާރު ވެސް އެކަން އޮންނާނީ ކޮށްފައި ކަމަށާއި އެކަމުގައި ރާއްޖެއަށް ”ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ“ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުވުމުން ބާރުގަދަވުމަކީ ދުނިޔޭގެ އުޞޫލެއް ނޫން ކަމަށާއި ގަތަރު، ސިންގަޕޯ ފަދަ އެތައް ޤަޢުމެއް އޮތީ ބޮޑެތި ޤަޢުމުތަކުގެ ވަށައިގެން ކަމަށެވެ.
”ރާއްޖެއަކީ މިކަނޑުގައި ނުފޫޒުގަދަ ޤަޢުމެއް. ޞިޔާދަތު ޤަބޫލުނުކުރެވޭ ވަޒީރުން ކުފޫހަމަނުވޭ. މޮޅުކަމަކަށް ތިކުރެވެނީ 24 ގަޑިއިރު ދިވެހިން ނިކަމެތިކުރުންތޯ؟“ ޖަމީލް ވިދާޅުވިއެވެ.
ބޮޑުވުމުން ބާރުގަދަވުމަކީ ދުނިޔޭގެ އުޞޫލެއް ނޫން. ގަތަރު، ސިންގަޕޯ ފަދަ އެތައް ޤަޢުމެއް އޮތީ ބޮޑެތި ޤަޢުމުތަކުގެ ވަށައިގެން. ރާއްޖެއަކީ މިކަނޑުގައި ނުފޫޒުގަދަ ޤަޢުމެއް. ޞިޔާދަތު ޤަބޫލުނުކުރެވޭ ވަޒީރުން ކުފޫހަމަނުވޭ. މޮޅުކަމަކަށް ތިކުރެވެނީ 24 ގަޑިއިރު ދިވެހިން ނިކަމެތިކުރުންތޯ؟ pic.twitter.com/pIYNyAlHcB
— Mohamed Jameel Ahmed (@MJameelAhmed) October 12, 2020
އިންޑިއާ ގުޅޭގޮތުން ގިނަ އަޑުތަކެއް ފެތުރިގެން އުޅޭ މިދުވަސްވަރު ”އިންޑިއާއައުޓް“ގެ ނަމުގައި މީސް މީޑިއާގައި ބައެއް ދިވެހީންދަނީ ބޮޑެތި ކެމްޕޭނެއްވެސް ހިންގަމުންނެވެ.

