ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވަޒީރުކަން ލިބުނީ ވަކި މީހެއްގެ އަންބަކަށް ވެގެނެއް ނޫން“: ނަހުލާ

މިނިސްޓަރު ނަހުލާ. ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުކަން ލިބިވަޑައިގެންނެވީ ވަކި ބޭފުޅެއްގެ އަންބަކަށް ވެގެން ނޫން ކަމަަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ނަހުލާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަކި މީހެއްގެ އަންބަކަށް ވެގެން ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެކަމަނާއަކީ ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެެއްވި އަދި މި ސަރުކާރު ކޯލިޝަންގެ އެެއް ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނެވެ.

ނަހުލާ މިފަދައިން ވިދާޅުވެފައި މިވަނީ އެކަމަނާއަށް މިނިސްޓަރކަން ލިބުނީ ގާސިމް އިބްރާހީމްގެ އަނބިކަބަލުންނަށް ވުމުންކަމަށް ވަރަށް ގިނަ އާންމުން ބުނެ, އެކަމަނާއަށް ފާޑުކިޔާފައިވަނިކޮށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: