ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ރީ ޓްވީޓު: ”މަޖިލީހުގެ ގާނޫނީ ޒިންމާއާއި މެދު ސުވާލު އުފައްދަން މަލީހުގެ ހައިސިއްޔަތަކީ ކޮބާ؟“

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލަށް ނިމިދިޔަ ދެ އަހަރުގެ ދުވަހުގެ ތެރޭގައި ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށް ބުނެ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުން ކުރެއްވި ޓްވީޓުތައް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ރީ-ޓްވީޓު ކުރައްވައިފިއެވެ.

ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާ ހޫނުވެގެން ދިޔައީ ކޮމިއުނިކޭޝަން މިނިސްޓަރުގެ ނުސީދާ ބަހުގެ ހަމަލާތަކެއް އެމްޑީޕީގެ މެމްބަރުންނަށް އަމާޒު ކުރުމާއި ގުޅިގެންނެވެ. ”ވީޓީވީ“ އިން ގެނެސްދިން ޕްރޮގްރާމެއްގައި މަޖިލީހުގެ މެމްބަރުން ކުރަމުންދާ މަސައްކަތްތަކަށް ފާޑުކިއުންތައް އަމާޒުކޮށް، މަލީހު ވިދާޅުވެފައިވަނީ މެމްބަރުން އެއީ ސަރުކާރުން ހިންގަންޖެހޭ ގޮތް ބުނެދޭން ތިބޭ ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި، ވުޒާރާތަކަށް ވެސް ފާޑުނުކިޔޭނެ ކަމަށް މަލީހު ވިދާޅުވެފައި ވެއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރަނީ މަޖިލީހުގެ ތެރެއިންކަމަށް ދޭހަވާ މޭރުމަކުން މަލީހު ވިދާޅުވެފައިވަނީ، ރާއްޖެއަށް އެންމެ ބޭނުންތެރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވާނެ ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.

”މިއަދު މަޖިލީހުގެ ބައެއް ބޭފުޅުންނަށް ހީފުޅުވެވަޑައިގެންނަވަނީކަން ނޭނގޭ އެ ބޭފުޅުންނޭ ސަރުކާރު ހިންގަވަނީ. ސަރުކާރު ހިންގަންވީ ސިޔާސަތެއް ރައްޔިތުންގެ މަޖިލީހަށް ކަނޑައެއް ނޭޅޭނެ. އެއީ އެ ބޭފުޅުންގެ ޒިންމާއެއް ނޫން،“ މަލީހު

މި ވާހަކަތަކާއި އެކު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ މަލީހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރު މެންޑޭޓުގެ އެއްވެސް މަސައްކަތެއް ނުކޮށް، އެއްވެސް ކަމެއް ހަސިލް ނުކުރެވުނު ވުޒާރާއަކީ ވެސް ކޮމިއުނިކޭޝަން މިނިސްޓްރީކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ވުޒާރާތަކުގެ ތެރޭގައި، ނުވަތަ ސަރުކާރުގެ ތެރޭގައި ކަމެއް ގޯހުން ހިނގާނަމަ އެތަނެއް އެންމެ ފުރަތަމަ ވެސް ޖަވާބުދާރީ ކުރުވާނީ މަޖިލީހުން ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މަލީހާއި ދެކޮޅަށް ޓްވީޓު ކުރެއްވި ބޭފުޅުންގެ ތެރޭގައި އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) އާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި، އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އާއި، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އަދި ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އާއި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހިމެނެއެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްވެސް ވަނީ މަލީހަށް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވަނީ މި މެމްބަރުން ކުރެއްވި ޓްވީޓުތައް ރީ-ޓްވީޓު ކުރައްވާފައެވެ.

No photo description available.
ރައީސް ނަަޝީދު ވަނީ އިތުރު މެމްބަރުންގެ ޓްވީޓުތައް ވެސް ރީޓްވީޓު ކުރައްވާފައި/ ރައީސް ނަޝީދު ޓްވިޓާ ފީޑްގެ ސްކްރީންޝޮޓްއެއް

މަލީހަށް ކުރެއްވި ޓްވީޓުގައި ބައެއް މެމްބަރުން ވަނީ، ސަރުކާރުގެ ވުޒާރާތައް ޒިންމާދާރު ކުރުވުމާއި އެކު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމުން އެއަށް ފަޑުވިދާޅުވެ ރައްދު ދިނުން އެއީ މަލީހު އަބަދުވެސް ކުރައްވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު މި ޓްވީޓުތައް ރީ-ޓްވިޓު ކުރެއްވި ނަމަވެސް އިތުރު ކޮމެންޓެއް އެއަށް ކުރައްވާފައި ނުވެއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރުކަމަށް މަލީހު ވަޑައިގެންފައިވަނީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ސްލޮޓުގައެވެ. އަދި މަލީހު މިނިސްޓްރީގެ މަސްއޫލިއްޔަތުތައް އަދާނުކުރައްވާކަމަށް ބުނެ އާއްމުންގެ ފާޑުކިއުންތައް ވެސް އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެއެވެ. މަލީހަކީ މަޖިލީހުގެ ތަޅުމުގައި ވެސް މެމްބަރުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވާ ވަޒީރަށް ވާއިރު، މަލީހުއަކީ އެ ހުރިހާކަމަކަށް ވެސް ރައްދު ދެއްވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: