ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޓަރުބައި ވިއްކާފައި ފައިސާ ދޭން ޗައިނާ އިން ދަނީ އަންގަމުން – ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފައްޓަރުބައި ވިއްކާފައި ފައިސާ ދޭން ޗައިނާ އިން ދަނީ އަންގަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަސީދު ވިދާޅުވެެއްޖެއެވެ.

މިއަދު ރައީސް ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަދައްވަމުން ނަޝީދު ވިދާޅުވީ ދުނިޔޭގެ ވެރިކަމަށް އައުމަށް ތައްޔާރުވެ މަސައްކަތް ކުރަމުން އަންނަ ޗައިނާއިން, ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮތް ދިވެހި ރާއްޖެއަށް ފަތްޓަރު ބައި ވިއްކާލާގެންވިޔަސް ލޯނު ދެއްކުމައް އަންގަމުން އަންނަކަމަށެވެ.

”އަންގަނީ އަޅުގަނޑުމެންގެ ފައްޓަރު ބައި ވިއްކާލާފައި ލޯނު ދައްކާށޭ“ ނަޞީދު ވިދާޅުވިއެވެ.

ނަޝީދު މީގެ އިތުރުންނ ވިދާޅުވީ، މިއަދު ބަޖެޓަށް ބުރަ ވެގެން މި އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެންގެވި އެންމެ ލޯނެއް ވެސް ދައްކަން ޖެހިގެނެއް ނޫން ކަމަށާއި ބަޖެޓަށް ބުރަވެގެން އުޅެނީ 2013 އާއި 2018 އާ ދެމެދު ރައީސް ޔާމީން ނެންގެވި ލޯނުތައް ދައްކަން ޖެހިގެން ކަމަށެވެ.

”ހަމަ ރުފިޔާ އޮތީތީ ލިބެން އޮތީތީ ނަންގަވަމުން ނަންގަވަމުން ދިޔައީ. ގައުމުތައް އަބަދުވެސް ތިބޭ އަޅުގަނޑުމެންނަށް ފައިސާ ދޭން. މި އަހަރުގެ ދެ ތިން މަހުގައި އަޅުގަނޑުމެން ދައްކަން ޖެހޭ 83 މިލިއަން ޑޮލަރު ޗައިނާއަށް“ ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުުރުން މާލެ އާއި ހުޅުމާލެ ގުޅުވައިލުމަށް ހެދި ސިނަމާލެ ބްރިޖު ލޯން ދައްކާނީ، އެ ބްރިޖް އެޅުމަށް ބޭނުންކޮށްފައި ހުރި ބޮލްޓް އާއި ކޮންކްރީޓަށް ބެލުމަށްފަހުގައި ކަަމަށްވެސްސ ނަޝީދުވަނީ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރައީސްނަޝީދުގެ ނަމުގެ ކުރިޔަށް ރައީސް ނަމްރޫދު ނަޝީދު ލައިފިނަމަ ދުލުން ކުރާ ފާފަތަކާއި ގުަޅުވަދޭނެ! އެމަނިކުފާނު ތެދުބަހުން ވާހަކައެއް ނުބުނާނެ! މައިގަނޑު ގޮތެއްގައި އެއްވުމެއްގައި ނުވަތަ ހަފުލާއެއްގައި އިތުރުފުޅު ހައްދަވައިގެން ވާހަކަ ދެއްކުމަކީ އެމަނިކުފާނުގެ ކަށީގައި ހިފާފައިވާ ކަމެއް! އެއަރޕޯޓް އިންޑިޢާގެ ސިޔާސީ ބޭފުޅުންނެެއްގެ ހިއްސާއޮންނަ ޖީޢެމްއާރ ކިޔާކުންފުންޏަކަށް ނުއަގުގައި ވިއްކާލައި އެއަރޕޯޓް އަލުންއަބުރާގެންނަންޖެހުނީ މަށަށްވެރިކަން ކުރެވޭކަށް ބޭރުޤައުމެއްގެ އެހީއާއި ޏުލައިނެތޭބުނެ ޥެރިކަމުން ޢިސްތިއުފާދިނީމަ ދެންއުފުލިގެން އައިވެރިކަމުން. ބިންތައް ދުއްވާލީވެސް ހަމަ އެގޮތަށް ވަގުތީދަހިވެތިކަމަކަށް! މިކަންތަކުގެ ސަބަބުން ރާއްޖެ ވެއްޓުނު ދަރަނި ޢަނދަވަޅުން އަރައިނުގެނެވި އުޅެނިކޮށް މިފަހަރު އެއިގެ ހަގުނަ ވިއްކާލައިފި! މާދަމާ ޗައިނާގެ ސަފީރު ރައްދުދޭނެ ނަޝީދަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: