ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ނަގާފައިވާ ލޯންތަކަށް ލުއި ހޯދަން ޕީޕީއެމްއާއިއެކު މަޝްވަރާ ކުރުމަކީ ރަނގަޅު ވިސްނުމެއް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯންތައް ދެއްކުމުގައި ލުއިތަކެއް ހޯދުމަށް ކުރަމުންދާ މަޝްވަރާތަކުގައި އިދިކޮޅު ޕީޕީއެމްއާއިއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ވިދާޅުވީ، ޗައިނާއިން ނަގާފައިވާ ދަރަނިތައް އިންތިޙާއަށް މައްޗަށް އަރާފައިވާއިރު، އެ ދަރަނިތައް ފަސްކޮށްދިނުމަށް ޕީޕީއެމަށް އެދެވިދާނެކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ފަލްސަފާގެ ސަބަބުން އެއީ ކުރެވިދާނެކަމެއްކަމާމެދު ސުބާލު އުފެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާގެ ދަރަންޏާމެދު އެމަނިކުފާން ކަންބޮޑުވުން ފާޅުކުރައްވާ އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރަށް ލަފާކޮށް ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހޫށައެޅިއިރުވެސް ދަރަނިތައް ރީސްޓްރަކްޗަރ ކޮށްފައިނުވާތީކަމަށެވެ. އަދި ދައުލަތަށް ލިބޭ އާންމްދަނީއަށްވުރެ ބޮޑަށް ލޯނުތައް ވެސް އިންތިހާއަށް އިތުރުވުމުކީ ވެސް ކަންބިޑުވާން ޖެހޭ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ކަމުން ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ދީފައިވާ ލޯންތަކާއި ބެހޭ ގޮތުން ޕީޕީއެމްއާއިއެކު މަޝްވަރާ ކުރުން އެއީ ރަނގަޅު ވިސްނުމެއް ކަމަށާއި ނަމަވެސް ޕީޕީއެމްގެ ވިސްނުމަާއި ފަލްސަފާގެ ސަބަބުން ޕީޕީއެމްއަށް އެމްޑީޕީއާއިއެކު އެފަދަ މަޝްވަރާއެއް ކުރުމަކީ އެހާ ފެސޭހަ ކަމަކަށް ނުވެދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމާއި ޗައިނާއާދެމެދު ގުޅުންތަކެއްވާކަމަށާއި، ފައިސާވެސް ބަދަލުކުރާކަމަށެވެ. އަދި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ދޭތެރެދޭތެރެއިން ޗައިނާއަށް ވަޑައިގަންވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު މިފަދައިން ވާހަކަފުޅު ދައްކަވާފައިވާއިރު ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާގެ ލޯނުތައް އިތުރަށް ފަސްކުރަންޖެހޭނަމަ އެކަން އެ ކޯލިޝަނަށް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ޗައިނާގެ ލޯނުތަކުގެ ވާހަކަތައް ދައްކަމުން ގެންދަނީ 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުން އެމްޑީޕީ އަށް އަމާޒުވަމުންދާތީ ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށެވެ.

ސަރުކާރުގެ އިސްރާފާއި ފަސާދަ އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން، ގައުމުގެ އިގްތިސާދަށް މިއަދު ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުން ވަމުންދާއިރު އެކަމުގެ ޒިންމާއިން ރައީސް ސޯލިހް އަދި ވެރިކަންކުރާ ޕާޓީ ރެކުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ނުވަތަ ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުކޮށް ދޮގު ވާހަކަ ދެއްކުމަކީ ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގައި އިގްތިސާދު ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން ނުކުޅެދިފައިވާކަން ހާމަވެގެންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނެގުނު ހުރިހާ ލޯނެއް ކުޑަވެސް ދައްޗެއްނެތި ދައްކާ ހަލާސްކުރާނެ ހަކަތަ ގާއިމުކޮށްފައިވާނެ ކަމަށާ ޔާމީން އުފައްދެއްވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018 ގައި 900 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ހުންނާނެ ކަމަށެވެ.ދައުލަތަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި މިއަދު ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ހަލާސްކުރަން އެ ފަންޑު އެކަނިވެސް ފުދޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެއީ ވަރަށްބޮޑު ތެދުފުޅެއް ލިބޭއެއްޗެއް ވިސްނައި އެއެއްޗަކުން އިތުރު އެއްޗެ ހޯދޭނީ އެކަމުގެ ވިސްނުމާއި ޤާބިލިއްޔަތު ހުރި މީހަކަށް މިވަގުތަށް ދިވެހި ޤައުމށް އެންމެ ފައިދާ ކުރާނީ ނުޙއްގުން ޖަލު ބަންދުކޮއްފައިވާ އިޤްދިސާދީ ލީޑަރ މިނިވަން ކޮށް އެބޭފުޅާގެ ލަފާ ހޯއްދަވައި ގައުމާއިގެން ކުރޔަށް ދިއުމަށް މަސައްކަތް ކުރިއްޔާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: