ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާގައި ތިބި ކުދިން އޭދަފުށްޓަށް ބަދަލުކުރީ ހިތްފަސޭހަ ދިރިއުޅުމަކަށް: މިނިސްޓަރ

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިން ބ އޭދަފުށްޓަށް ބަދަލުކުރީ މާލޭގެ ތޮއްޖެހިފައިވާ މާހައުލުން ދުރަށް ގެންދިޔުމުގެ ބޭނުމުގައިކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވިލިމާލޭގެ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލޭގެ ފިޔަވަތީގައި ތިބި ކުދިންތަކުގެ ތެރެއިން 17 ކުއްޖަކު މިހާރު ވަނީ އޭދަފުށިގައި ހުންނަ އަމާން ވެއްޓަށް ބަދަލުކޮށްފައެވެ. މިކަމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ ހިޔާތަކުގައި އުޅެމުންދާ ކުދިންނަށްވެސް މާލޭގެ ތޮއްޖެހިފައިވާ މާހައުލުން ދުރަށް ގޮސް، ހިތަފްސޭހަ މާހައުލެއްގައި އުޅުމުގެ ފުރުސަތު އެކުދިންނަށްވެސް އޮންނާނެ ކަމަށެވެ. އަދި މުޖުތަމައުގެ ބައިވެރިވުމާއެކު އުފާވެރި މާހައުލެއްގައި އުޅުމުގެ ފުރުސަތު އެކުދިންނަށްވެސް އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށްވެސް އެހެން ކުދިންނަށް ލިބޭ ފަދަ ހައްގުތައް ތަފާތުކުރުމެއްނެތި ލިބެންޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެގޮތުން، މުޖުތަމައުގެ ބައިވެރިވުމާއި ހިތްފަސޭހަ މާހައުލެއްގައި އުޅުމުގެ ފުރުސަތާއެކު އުޅެ ބޮޑުވާ ކުއްޖަކަށް ކޮންމެ ކުއްޖަކުވެސް ހަދަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި މުޖުތަމައުގައި އެއްބާރުލުން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭދަފުށްޓަށް ބައެއް ކުދިން ބަދަލުކުރުމަކީ މާލޭގެ ތޮއްޖެހިފައިވާ މާހައުލުން ދުރަށް ގެންގޮސް، ހިތްފަސޭހަ މާހައުލެއް ކުދިންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރި ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެކުދިންނަކީ އަބަދު ތަނެއްގައި ބަންދުކޮށްގެން ގެންގުޅެވޭނެ ކުދިން ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކުދިން ބޮޑެތިވަމުން އަންނައިރު މުޖުތަމައު ތެރެއިންވެސް ދަސްކުރަންޖެހޭ ބައެއް ކަންތައް ހުންނަ ކަމަށާއި މުޖުތަމައުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށް ކަންކަން މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް މިނިސްޓަރ އައިޝާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހިޔާތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކުގެ ތެރެއިން 17 ކުއްޖަކު މިހާރު އޭދަފުށީގެ އަމާން ވެއްޓަށް ބަދަލުކޮށްފައިވާއިރު، މިމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސީދާ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން މިނިސްޓްރީގެ ޓިމުތަކާއެކުގައެވެ. ކުދިން ބަދަލުކޮށްފައިވަނީ ޓީއެމްއޭގެ ސީޕްލޭންތަކުގައެވެ.

ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި މިވަގުތު 130 ކުދިން އުޅެމުންދާއިރު، މިދެތަނުގައި ކުދިން ބައިތިއްބާފައި ތިބެނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެހެންކަމުން އެއް އާއިލާއަކަށް ނިސްބަތްވާ ކުދިންވެސް ދެތަނެއްގައި ބައެއް ހާލަތްތަކުގައި އުޅެން ޖެހިފައި އެބަހުރިކަން މިނިސްޓްރީން ފާހަގަކުރެއެވެ. އެހެންނަމަވެސް، އަތޮޅުތަކުގައި ގާއިމްކުރާ މަރުކަޒުތަކާއެކު ކުދިންނަށް އެކުދިންގެ އާއިލާތަކުގެ ކުދިންނާއެކު ބޮޑެތިވުމުގެ ފުރުސަތު ލިބޭނެކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: