މަސްވެރިންގެ ޒިންމާއިން ރެކިވަޑައިގަތުމަކީ ހުތުރު ސިފައެއް ކަމަށް ވިދާޅުވެ ވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.
ސައީދު މިހެން ވިދާޅުވެފައިމިވަނީ މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ރައީސް ސޯލިހު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
”ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން ސައީދު ވިދާޅުވީ މަސްވެރިކަމުން ސަރުކާރު ނިކުތުމަށްވުރެ ރައްޔިތުންގެ އެންމެ މަތީ އޮފީހުން ރައީސް ސޯލިހު ނިކުންނެވުން ރަނގަޅު ވާނެ ކަމަށެވެ.
”ދިވެހި ލޭނާރަށް ތިވަރު ފުދިއްޖެ. މަސްވެރިންގެ ޒިންމާއިން ރެކިވަޑައިގަތުމަކީ ހުތުރު ސިފައެއް“ ސައީދު ވިދާޅުވިއެވެ.
Rangalhu gothakee maverikamun sarukaaru nukuthumavvuren, rayyithunge emme mathee ofeehun manikufaanu nikunnevun @ibusolih. Dhivehi leynaarah thivaru fudhijje ???? zimmaain rekivadaigathumakee huthuru sifa eh https://t.co/gZTJhX2DZo
— Mohamed Saeed (@em_saeed) December 26, 2020

