ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ދައުރުން ބޭރުގައި ބާއްވާ މިޖަލްސާ އެޖެންޑާކޮށްފައިވަނީ މިރޭ 8:30 އަށެވެ.
މިޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލެވެ.
މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

