ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުމާގައި ހިނގަމުންދަނީ ރާއްޖޭގައި ހިނގިފަދަ ބަޣާވާތެއް: ނަޝީދު

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހުގެ ތެރެއިން މަންޒަރެއް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުމާގެ އަސްކަރިއްޔާ އިން އެގައުމުގެ ލީޑަރު އަން ސަން ސޫކީ ހައްޔަރުކޮށް ހިންގަމުންދަނީ ރާއްޖޭގައި 2012 ވަނަ އަހަރު ހިންގިފަދަ ބަޢާވާތެއް ކަމުގައި އޭރުގެ ރާއްޖޭގައި ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޫކީ ނިސްބަތްވެ ވަޑައިގަންނަވާ ނޭޝަނަލް ލީގް ފޯ ޑިމޮކްރެސީގެ ތަރުޖަމާނު ”ރޮއިޓާސް“ އަށް މައުލޫމާތު ދެމުން ވިދާޅުވީ ސޫކީގެ އިތުރުން އެގައުމުގެ ރައީސް ވިން މަޔިންޓް އާއި އެހެނިހެން ސިޔާސީ ފަރާތްތައް ވެސް އަސްކަރިއްޔާ އިން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ބަރުމާގައި ހިނގަމުދަނީ އެމަނިކުފާނު ވެރިކަމުން ވައްޓާލުމަށް ރާއްޖޭގައިވެސް އޭރު ހިންގިފަދަ ބަޣާވާތެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ބަރުމާގައި ހިނގަމުންދާ ކަންތައްތަކާއި، އެމެރިކާގެ ވެރިކަން ބަދަލުވުމުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކަކީ ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކާއި އެއްފަދަ ކަންތައްތަކެއް ކަމަށެވެ. އަދި މިއީ ބަޢާވާތުގެ ކަންތައްތަކެއްކަމަށް ރައީސް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.

ކުއްލި ގޮތަކަށް މިޔަންމާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންތަކެއް ހައްޔަރުކޮށްފައިމިވަނީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އެގައުމުގެ އަސްކަރިއްޔާ އިން ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ. އެގޮތުން އެ އިންތިހާބުގައި ނޭޝަނަލް ލީފް ފޯ ޑިމޮކްރެސީން ވަނީ ސަރުކާރެއް އުފެއްދޭ މިންވަރަށް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ފާއިތުވި ދުވަސްތަކުގައި ވެރިކަން ކުރާ ޕާޓީއަށް ބަހުގެ ގިނަ ހަމަލާތަކެއް ދީފައިވާއިރު އަސްކަރިއްޔާ އިން އެގައުމުގައި ބަޣާވާތެއް ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ވަނީ ފެތުރިގެން ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: