ފުޅަދާއިރާއެއްގައިި ހުވަދޫގައި މަސްވެރިކަން ކުރަމުންް އަންނަ ކުރިމަގު ކުޑަ ދޯނީގައި ރޯވި އަލިފާނުގެ ހާދިސާއިން ބޮޑު ގެއްލުމެއް ނުލިބުނީ އެކުވެރި މަސް ދޯނިތަކުގެ އެހީތެރިކަމުންކަމަށް ދޯނީގެ ވެރިފަރާތުން ހާމަކޮށްފިއެވެ.
ކުރިމަގު ދޯނީގެ ވެރިޔާ މުހަންމަދު އަނީސް ”ސަންގަށް“ ދެންނެވީ ދޯނީގައި އަލިފާން ހިފާފައިވަނީ ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ކަމަށެވެ.
އަދި މިހާދިސާގެ ސަބަބުން ދޯނީގެ ތައްޓުގެ އިތުރުން ގެގަނޑުގެ ބަޔަކަށް އަލިފާނުގެ އަސަރުކޮށްފައިވާކަމަށާއި, އަދި އެކެއްގެ އަތް ފިހިފައިވާކަމައް އަނީސް މައުލޫމާތުދެއްވިއެވެ.
އަނީސް އިތުރަށް ފާހަގަކުރެއްވިގޮތުގައި އަލިފާން ހިފި ވަގުތު ދޯނީގެެ ކައިރީގައި އެހެން ދޯނިތަކެއް ހުރުމާއެކު އެދޯނިތަކުގެެ އެހީތެރިކަމާއެކު އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓުރޯލް ކުރެވިފައިވާކަމަށެވެ.
މިިހާދިސާއަކީ ކައިރީގައި އެހެންދޯނިތަކެއް ނެތިި ނުވަތަ އެފަރާތްތަކުގެެ އެހީނުލިބުނު ނަމަ ބޮޑުގެއްލުމެއް ލިބިގެން ދާނެ ހާދިސާއެއް ކަމަށާއި, މިހާދިސާގައި އެހީތެރިވި ހުރިހާ ދޯނިތަކަށް ޝުކުރުއަދާކުރާކަމަށް އަނީސް ދެންނެވިއެވެ.

