ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި އެމްޑީޕީ ކޯޅުމެއްގައި، ބޮންޑެ ގޮވާލީ ރައީސް ސޯލިހްގެ އިސްތިއުފާއަށް!

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްރަތުގެ އަމަލު ހުއްޓުވުމަށް ބިލަށް ބަހުސް ކުރުމުގެ މަރުހަލާގައި، މަޖިލީހުގެ ތަޅުން އެމްޑީޕީގެ މެމެމްބަރުންގެ މެދުގައި ހޫނުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.

ނަފުރަތު އުފައްދައި، ވަކި މީހަކީ އެއީ ލާދީނީ ނުވަތަ ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ވަނީ ނިންމާފަ އެވެ،

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގެ ބަހުސްގައި ބޮންޑެ ވިދާޅުވީ އޭނާއަށް މިހާރު މި ކަންކަން ފެންނަނީ މެންބަރު ހިސާން ހުސައިނަށް އަމާޒުކޮށް ސަރުކާރުގެ ތެރެއިން ހިންގި އަމަލެއްގެ ގޮތުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ބޮންޑޭ ވިދާޅުވީ ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް ބަޔަކު ހަރުއަޑުން ވާހަކަ ދައްކަމުން ދިޔައީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ މިސްރާބާއި، އޭގެ ތަހުގީގުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.

ބޮންޑެ ވަނީ ބޮން ގޮއްވާލި މީހުން މިނިވަން ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާއިރު، މި ހަމަލާގައި ސަރުކާރުގެ ބައިވެރިވުން އޮތްކަމަށް އޭނާ ތުހުމަތު ކުރާކަމަށް ވިދާޅުވެފަ އެވެ.

”ޝައްކު ކުރެވޭ ސަރުކާރުގެ ކޯލިޝަންގައި ތިބި ބަޔަކު ރައީސް ނަޝީދު އަވަހާރަށްކޮލަން ބޮން ގޮއްވާލާފައި އެ ވާހަކަތަކާއި ތަހުގީގުގެ މިސްރާބު އެހެން ދިމާލަކަށް އަނބުރާލުމަށްޓަކައި އެކަން ތަހުގީގު ކުރަން ބަލަން ހުރި އެންމެމުވައްސަސާއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ހިސާން ހުސެއިން އަވަހާރަކޮށްލަން ދެވަނަ ރޭވުމެއް މި އޮތީ ރާވާފައި“ ބޮންޑެ

ބޮންޑެ ވިދާޅުވީ ސަރުކާރުން ބިލެއް ހުށަހެޅުމަށްފަހު، އެއާއި ދެކޮޅަށް ވެސް ވާހަކަ ދައްކަނީ ކަމަށެވެ. އިސްލާމަކަށް އަމާޒުކޮށް އެއްވެސް ސިފައެއްގައި ކާފަރަކަށް ނުގޮވޭނެކަން، ބޮންޑެ ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.

ބިލާއި ދެކޮޅަށް ކައުންސިލްތަކާއި، އަދި އެހެން ބޭފުޅުން ވެސް ފުލުފުލުގައި ބަޔާންތައް އާއްމު ކުރަމުންދަނީ، ބިލު ކިޔާލުމެއް ވެސް ނެތިކަމަށް ބޮންޑެ ވިދާޅުވި އެވެ.

ސަރުކާރުގެ ކޯލިޝަނެއްގައި އޮވެ، ޕާޓީތަކުން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާތީ އެކަމާ ބޮންޑެ ނުރުހުން ފާޅު ކުރެއްވި އެވެ. އަދި އަށް ހާސް މެމްބަރުން ވެސް ހަމަނުވާ ޕާޓީތަކުން ނިކުންނަން އުޅެނީ އެއްލަކަ ވޯޓު އެކަނިމާއެކަނި ގެންދިޔަ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށްކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްރަތު އަމަލުތައް ހުއްޓުވުމުގެ ބިލާއި ”ރަނގަޅަށް ވެސް ގައުމު ޖެހި“ ރައީސް ނަޝީދުގެ ހަމަލާގެ މަތީން އެންމެން ހަނދާން ނައްތާލާފައިވާކަމަށް ބޮންޑެ ވިދާޅުވި އެވެ.

”ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި ބޭފުޅެއް، މި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ބޮން ގޮއްވާލީ… އެއަށްވުރެ ބޮޑު ކަމެއް ނެތް. ޕާލިމަންޓަށް ދިން ހަމަލާއެއް…. އެ ފޯކަސް އަނބުރާލަނީ ހަމަ އެންމެ ދިމާލަކަށް…. އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން… ދެން ކެބިނެޓު އުވާލަން…“ ބޮންޑެ

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު ސްޕީޑާއި މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމައެއް ނުޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ދެންތިބި ރައްޔިތުންގެ އެއްވެސް ކަމަކާ މަޖްލިސް ނޫޅެނީ ކީއްވެ؟ ތިޔަ ކަމެއްގަ ތެޅޭތާ 2 މަސް މިވަނީ. މަޖްލިހުގައި އާންމުމީހާގެ ވާހަކައެއް ދައްކާނީ ކިތައް ގޮނޑި ލިބިގެންތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: