ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުށައަޅާފައިވަނީ ބިންތަކުގައި މަރުތަޅު އަޅުވާ ބިލު: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ބިމުގެ ސާވޭކުރުމާއި އަގު ކަނޑައެޅުން ފަދަ ގަވައިދުތައް ހެދި ހެދީނުން ގޮސް ގުޅިފަޅާއި ގިރާވަރު ފަދަ ތަންތަނުން ދޫކޮށްފައިވާ ގޯތިތަކަށް ނުވަދެވޭނެ ގޮތް ހަދާނެކަމަށް ސިފަވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އިބްރާހިމްވަނީ ބިމާ ބެހޭ ބިލުގައި ކަންބޮޑުވުންތަކެއް ހުރިކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، އަގު ކަނޑައެޅުން ފަދަ އުސޫލުތައް ބަޔާންކޮށް ބިމާ ބެހޭ ބިލުގެ ދަށުން ގަވައިދުތަކެއް ހެދި ހެދީނުން މިހާރު އެކި ތަންތަނުން ދޫކޮށްފައިވާ ބިންތަކަށް ނުވަދެވޭނެ ގޮތް އެ ބިލު މެދުވެރިކޮށް ހަދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ދޫކޮށްފައިވާ ގޯތިތައް ފުރަތަމަ ދޭންވީ ކަމަށާއި މިހާރުވެސް ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ ތަފާތު އެކި ވާޙަކަތައް ދައްކައި ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދައި ގޯތިތައް ދޫނުކޮށް އުޅުންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހުށައަޅާފައިވާ ބިލު ފާސްކުރަންވާނީ މިހާރު ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމަށް ފަހުކަމަށާއި އެނޫން ގޮތަކަށް އެކަން ނުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ ރައްޔިތުން ނުކުމެ އެ ބިލު ހިފަހައްޓަންޖެހޭކަމަށެވެ. އަދި ހުށައަޅާފައިވަނީ ގޯތިތަކުގައި މަރުތަޅު އަޅުވާ ބިލުކަމަށާއި އެ ބިލަކީ މިވަގުތަށް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލަންޖެހޭ ބިލެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިވަގުތު އެ ބިލު ފާސްކުރުމަށް ވޯޓެއް ނުދެވޭނެކަމަށާއި، ބިލު ހުށައަޅާފައިވާ ނިޔަތް ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުކޮށްދޭންޖެހޭކަމަށްވެސް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވި، ނިޔަތް ސާފުކޮށްދޭންޖެހެނީ އެކި ވަޒީރުން އެކި ފަހަރު އެކި ގޮތުގެ މަތިން ވާހަކަތައް ދައްކަމުންދާތީކަމަށާއި ހުށައަޅާފައިވަނީ ދިގު ބިލެއްކަމަށްވުމުން ބިލުގެ މަސައްކަތްތައް ބާކީ ދައުރުގައި އޮތް ކުރު މުއްދަތު ތެރޭގައި ފުރިހަމަކުރެވޭނެކަމަށް ގަބޫލުނުކުރެއްވޭކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: