ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައްޕަރު، ފިއްލަދޫގެ އިހްތިސޯސުގައި ހިމަނަން ރައީސް ނިންމައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސޯސުން ވަކިކޮށްފައިވަނީ އޮގަސްޓް 29 ވަަނަ ދުވަހު ރައީސް އާންމު ކުރެއްވެވި ގަރާރަކުންނެވެ.

ނަމަވެސް އެ ނިންމުމާ ދެކޮޅަށް ފިއްލަދޫ ރައްޔިތުން ވަނީ ތެދުވެފައެވެ. އަދި ޕެޓިޝަނެއް ތައްޔާރުކޮށް ރައީސް ސޯލިހާއި މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދައްޕަރުގެ މައްސަލައާ ގުޅޭ ގޮތުން ކައުންސިލްއާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ފިއްލަދޫ ރައްޔިތުން ދައްޕަރު މައްސަލަައިގައި ދެކޭ ގޮތް މިއަދުގެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު އަނބުރާ ހިމެނުމަށް ރައީސް ސޯލިހް ވަނީ ނިންމާވާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: