ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާާރާ ކައުންސިލާ ގުޅުން ރަނގަޅުވުމުން މަޝްރޫޢުތައް އަވަހަށް ނިންމުމަށް މަގުފަހިވޭ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާާރާ ކައުންސިލާ ގުޅުން ރަނގަޅުވުމުގެ ސަބަބުން މަޝްރޫޢުތައް އަވަހަށް ނިންމުމަށް މަގުފަހިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހެނދުނު އުކުޅަހު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރާ ކައުންސިލާ ދެމެދުގައި ގުޅުން ބަދަހިވުމުގެ ސަބަބުން ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް އަވަހަށް ނިންމާލުމަށް މަގުފަހިވާކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ކުރިއެރުމަށާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލުން ފާހަގަކޮށްފައި ވަނީ ރަށް ބެލެހެއްޓުމުގެ ކަންކަން ކައުންސިލަށް އޮންނަ އިރު އިދާރީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ މާލީ ގޮންޖެހުންތައް ވަރަށް ގިނަކަމަށާއި، ރަށުގެ އާބާދީގެ އިތުރުން ރަށަކީ ފަތުވެރިން އަންނަ ރަށަކަށްވުމުން ޚިދުމަތް ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވެފައި ވުމާއެކު، އެކަންކަން ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ލުއި ގޮތްތަކެއް ހޯދުން މުހިންމުކަމުގައެވެ. އަދި، ރަށަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސްގެ ވަކި މިންވަރެއް ކައުންސިލަށް ދިނުމަށް ފަހު މިފަދަ ޚިދުމަތްތައް ދިނުމުގައި ބޭނުން ކުރެވޭނެ ގޮތެއް ފަހިކޮށްދިނުމަކީ މިކަމަށް އޮތް ޙައްލެއްކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ މީގެ އަހަރުތަކެއް ކުރިން ކޯޕަރޭޓިވް ސޮސައިޓީއާ މިފްކޯއާ ގުޅިގެން އުކުޅަހުގައި ހިންގާމިފްކޯ އުކުޅަސްކިޔާ ކުންފުންނަކާ ގުޅިގެން ރައްޔިތުންގެ އަދި ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެމީހުންގެ މަސައްކަތްތައް ފުޅާކުރުމުގައި އިތުރު ތަމްރީނުތަކާއި އެހީތެރިކަން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އުކުޅަހުގައި ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫޢުތަކުގެ މަޢޫލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި، ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދީގެން މަސަކަތްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށާ، ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެއްޗުމަށްފަހު ރަނގަޅުގޮތެއް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމީޓިއިން ހުށަހެޅުއްވި ކަންތަކުގައި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ މެދުވެރިކޮށް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރިޔަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އުކުޅަހު ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި، އެއަށްފަހު އެމަނިކުފާނު ވަނީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް އިއްޔެ ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: