މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހަމަޖައްސަވައިފިއެވެ.
އެމްއެންޕީން ބުނީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރިޔާޒު ހަމަޖެއްސެވިއިރު، ނާއިބު ލީޑަރަކަށް ވިލިމާލެ ދާއިރާގެ މެންބަރ އަޙްމަދު އުޝާމް ހަމަޖައްސަވާފައިވާ ކަމަަށެވެ.
އެމްއެންޕީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތަމްސީލު ކުރައްވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލެ ދާއިރާ މެންބަރު މުހައްމަދު އުޝާމެވެ.
އިއްޔެގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކަމާ ބެހޭ ލިޔުންތައް މަޖިލީހަށް ފޮނުވާފައިވާތީ ތިން މެންބަރުންނަކީ މޯލްޑިވްސް ނޭޝަނަލް ޕާޓީއަށް ނިސްބަތްވާ ތިން މެންބަރުން ކަމަށް މަޖިލީހުގެ ދަފްތަރުގައި ރަޖިސްޓްރީކޮށް، މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގައި ހިމެނޭ ޕާޓީއެއްކަމުގައި އިއުލާންު ކުރާ ކަމަށެވެ.

