ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމުގައި ބުނީ އެއް މިލިއަން ޑޮލަރުގެ ހަގީގަތް އަދިވެސް ނޭނގޭކަމަށް!

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތާ މެދު ސުވާލު އުފެދޭ ކަމަށާއި އެ ފައިސާ އެމަނިކުފާނު ބޭނުން ކުރެއްވީ އަމިއްލަ މަންފާ އިސް ކުރައްވައިގެންކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

މަނީ ލޯންޑާރ ކުރިކަމުގެ ކުށުގައި ކުރީގެ ރައީސް ޔާމީނަށް ފަަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، އެއް މިލިއަން ޑޮލަރުގެ ފަސް ގުނައިން ޖޫރިމަނާ ކުރީ 2019، ނޮވެމްބަރު 28 ގަ އެވެ. އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމީ ދަށު ކޯޓުގެ ހުކުމް ބާތިލު ކުރަންޖެހެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންވެ، ދެން ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ. މި މަރުހަލާގެ ތެރޭގައި، ރައީސް ޔާމީނާއި އަދި ދައުލަތާ ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު މައްސަލައިގެ ހުކުމް އިއްވައި ބުނީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވީ ކޮޮން ގޮތަކުންކަން ހޯދިފައި ނެތް ކަމަށާއި އެސްއޯއެފުން އެ ފައިސާ ޖަމާކުރީ ކޮން ބޭނުމެއްގައިކަން ހޯދުމަށް ތަހުގީގެއް ކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން އެ ފައިސާގެ ހަގީގަތް ބެލުމުގެ ފުރުސަތު ދައުލަތަށް އަދިވެސް އެބައޮތް ކަމަށާއި އަދި މިއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ނަމަ، އެކަން ކުރިޔަށް ގެންދެވޭނެކަން ހުކުމުގައި ފާހަގަ ކުރި އެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ ފައިސާ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާއެއް ކަމަށް ބުނެ، އެ ފައިސާ ރައީސް ޔާމީން އިންވެސްޓު ކުރުމަކީ ކުށެއް ކަމަށެވެ. އަދި އެ ފައިސާއާ މެދު ސުވާލު އުފެދިގެން ތަހުގީގު ކުރަމުން ދަނިކޮށް ފައިސާ އިންވެސްޓް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި އަމިއްލަ މަންފާއަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި އެ ހުކުމުގައިވެ އެވެ.

މި ފައިސާ އިންވެސްޓް ކުރުމަކީ ތަހުގީގީ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާއި ބަލާ ބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި، ގާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައިި ތިިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެއްކަމަށް ވެސް ހުކުމުގައި ވެއެވެ.

އެހެން ކަމުން އެކައުންޓަށް ޖަމާވި ފައިސާގެ އަސްލު ހޯދައި، ދައުލަތަށް ލިބޭ ފައިސާއެއް ނަމަ އެ ފައިސާ ހޯދުމުގެ ފުރުސަތު ދައުލަތުން ކުރަންޖެހޭ މަސައްކަތް ހުކުމުގައި ފާހަގަ ކުރި އެވެ. އެ މަރުހަލާ ކުރިޔަށް ގެންދަން ވާނީ އެއް ކުށަކަށް ދެ ފަހަރަށް އަދަބު ދެވިގެން ނުވާނެކަން ފާހަގަކޮށް ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްގުން އެއްވެސް މީހަކަށް އުނިކަމެއް ނާންނަގޮތަށްކަމަށް ވެސް ހުކުމުގައި ފާހަގަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: