ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ގުރުބާނީގެ އަގުވަޒަންކުރާނީ އަންނަ ރިޔާސީ އިންތިހާބަކުން: އަދުރޭ

މިރޭގެ ޖަލްސާގައި އަދުރޭ ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން ދިވެހި ރައްޔިތުންނަށް ވެފައިވާ ގުރުބާނީގެ އަގުވަޒަންކުރާނީ ދެން އަންނަ ރިޔާސީ އިންތިހާބެއްގައިކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންވުުން ފާހަގަކުރުމަށް އިދިކޮޅުން ބާއްވާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށެވެ. ރައީސް ޔާމީން ދިވެހި ގައުމުން ފުރުވާލުމަށް މިސަރުކާރުން އެތައް ހުށައެޅުންތަކަކާއި ފިއްތުންތަކެއް ކުރިމަތިކުރުވިކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެހުށައެޅުންތަކަށް ރައީސް ޔާމީން ދެއްވި ޖަވާބު ހޯމް މިނސިްޓަރ އިމްރާން އަބްދުﷲއަށް އެނގިވަޑައިގަންނަވާނެކަމަށް އަދުރޭ ފާހަގަކުރައްވާ މިގައުމު ދޫކޮށް ދާނެ ތަނެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ މައުސޫމްކަން އެމަނިކުފާނު ސާބިތުކޮށްދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިކަން އަދުރޭ ފާހަގަކުރެއްވިއެވެ.

2023ގެ ރިޔާސީ އިންތިޚާބަށް އަލިއަޅުއްވާލައްވައި އަދުރޭ ވިދާޅުވީ މިހާހިސާބުން ކަމަރު ބަންނަންވީ ދިވެހި ގައުމު އަލުން ހޯދުމަށް ކަމަށެވެ. ރައީސް ޔާމީނަށް ވެރިކަން ލިބުމަކީ ދިވެހި ގައުމު ދިވެހިންނަށް އަލުން މިނިވަންކަން ލިބުމާއި އިސްލާމްދެމެހެއްޓުމަށް ފުރުސަތުލިބުންކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އަންހެނުންނަށް އަމާން މާހައުލަކާއި، އަޅާނުލައި ދޫކޮށްލާފައި ތިބި އުމުރުން ދުވަސްވީ މީހުންގެ ހައްގުތައްވެސް ރައީސް ޔާމީންގެ ވެރިކަމެއްގައި އަލުން ހޯދައިދޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ވޭތުވެދިޔަ ދެއަހަރަކީ ދަތި ދެއަހަރު ކަމަށެވެ. އިދިކޮޅުގެ ބަދަހި ކޯލިޝަނާއި ލީޑަރޝިޕް ބައިބައިކުރުމަށް ތަފާތު ވާހަކަތައް އެކި މީހުން ދައްކަމުންދިޔަ ކަމަށާއި އެހެންނަމަވެސް ޕާޓީއިން މަސައްކްތަކުރީ މީގެ ދެއަހަރުކުރިން ރައީސް ޔާމީން ހަވާލުކުރެއްވި އަމާނާތް ފުރިހަމައަށް ފޯރުކޯށްދެވޭތޯކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިކަމަށް ދެޕާޓީގެ ލީޑަރޝިޕުންވެސް ފުރިހަމަ އެއްބާރުލުމެއް ދެއްވިކަން އަދުރޭ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން މިނިވަންވުމާއެކު ފާހަގަކުރަމުންމިދާ ކާމިޔާބީއަކީ އެބޭފުޅާގެ ނުވަތަ ލީޑަރޝިޕްގެ މޮޅުކަމުން ހާސިލްވި ކާމިޔާބީއެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ. މިއީ ރައީސް ޔާމީން ދެކެ ލޯބިވާ ރައްޔިތުން ކުރި ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއްކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ރައީސް ޔާމީން މިނިވަންނުވާނެކަމަށް އެއްފަހަރުވެސް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީނާއެކު އެންމެ ގާތުން އެންމެ ގިނަ ދުވަހު މަސައްކަތްކުރަން ލިބުނު މީހަކަށް އެބޭފުޅާ ވާނެކަމަށާއި ރައީސް ޔާމީން ދައުލަތުގެ ފައިސާގައި ނުޖެހޭނެކަމަށް އަބަދުވެސް އެނގޭކަމަށް އަދުރޭ ވިދާޅުވިއެވެ. އެއިތުބާރާއި ރައީސް ޔާމީން މިނިވަންވާނެކަމުގެ އުންމީދު އަބަދުވެސް އޮންނަ ކަމަށާއި ރައީސް ޔާމީން މިނިވަންނުވާނެކަމަށް އެއް ފަހަރުވެސް ގަބޫލުނުކުރާކަމަށް އަދުރޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: