ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ މިސަރުކާރުގެ ދޮންދަރިއެއް: މުޢިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ މިސަރުކާރުގެ “ ދޮންދަރިއެއް“ ކަމަށް މާލެ ސިޓީގެ މޭޔަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ވަރަށް ގިނަ ޒިންމާތަކެއް ވެއެވެ. އަދި މާލެ ސިޓީ ކައުނަސިލްގެ އިހްތިސާސް ވަނީ ގާނޫނުގަ ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ދެއްވާފައެވެ.

މިއިހްތިސާސަކީ ޗާޓެއްގައި ފާހަގަކޮށްފަ ވަރަށް ސާފުކޮށް ފެންނަންއޮތް އެއްޗެކެވެ. އޭގެތެރޭގައި މިހިމެނެނީ، މާލެ އާއި ފުރަ މާލެ އާއި ވިލިމާލެ އާއި ހުޅުމާލެގެ 2 ފިޔަވައްސާއި އަދި ފަޅުރަށެއްގެ ގޮތުގައި އޮތް ފަޅުކޮޅުފުއްޓެވެ.

މިއިހްތިސާސްގެ ތެރޭގަވާ ރަށްތަކަކީ ކައުންސިލެއްގެ މައްޗަށް ލާޒިމުވާ އެތައްކަމެއް ހިމެނޭ ސަރަހައްދުތަކެއް ކަމަށް ލާމަރުކަޒި ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން އަންމު ހިދުމަތް ދިނުމާއި މުނިސިޕަލް ހިދުމަށް ދިނުންފަދ އެތައްކަމަކާއި ބިމާ ގުޅޭއެތައް ޒިންމާތަކެށް ބަލަހައްޓަން ޖެހެނީ އެއިހްތިސާސެއް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ކައުންސިލެވެ.

މިކައުންސިލް އައިފަހުންވެސް ތަކުރާރުކޮށް އެދިގެންވެސް އެޒިންމާ ހަވާލުކޮށްފައެއް ނުވާކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އާއި ކުރެއްވި އެންމެ ފުރަތަމަ ރަސްމީބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވެދެއްވީ އެޒިންމާތައް ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ސިޓީ ހުށަހަޅައިގެންވެސް ގާނޫނުތަންފީޒުކޮށް ދެއްވާފައި ނުވާކަމަށް ވެސް މުޢިއްޒު ވިދާޅުވެފައި ވެއެވެ. 

ހުޅުމާލެއަކީ ވެސް މިއިހްތިސޯސްގެ ތެރޭގައި އޮތްތަނެއް ކަމުން އެތަމުގެ ހިދުމަތްދިނުމަކީ ސިޓީ ކައުންސިލަށް ގާނޫނުގެ މަތިން މަޖުބޫރުކަމެކެވެ. ނަމަވެސް އެކަން ކުރުމުގެ ފުރުސަތެއް ރައީސުލް ޖުމްހޫރިއްޔާ ނުދެއްވާކަމަށް ވެސް މުޢިއްޒު ވިދާޅުވެއެވެ.

މުޢިއްޒު ވިދާޅުވީ ސަރުކާރާއި އެކުގައި މަސައްކަތް ކުރަން ކައުންސިލުން ތައްޔާރު ކަމަށާއި ނަމަވެސް ސަރުކާރުން ކައުންސިލްގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭނަމަ މާލޭ ރައްޔިތުންގެ ހައްގުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ތައްޔާރައް ހުންނެވިކަމެވެ.

މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖުލީހުގައި މިކަމަށް އެހީތެރިވެ ދެއްވުމަށް އެދެވިއްޖެ ކަމަށާއި އަދި ރައްޔިތުންގެ މަޖޮލީހުގެ ރައީސްގެ ކިބައިން އެދެވިއްޖެ ކަމަށެވެ. އަދި ލިޔެކިޔުމުން ބައްދަލުކޮށްފައިވެސް އެދެވިއަޖެ ކމަށެވެ.ަވެސް އެއްވެސް ފަރާތަކުން މިކަމަށް އެހީތެރިކަން ނުދެއްވާ ކަމަށެވެ.

މީގެއިތުރުން، އެސަރަހައްދު ތަރައްގީކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި ހިޔާ ފްލެޓްތައް ވެސް ރައްޔިތުންނަށް މިސަރުކާރު ވެރިކަމަށް އައިސް ދިނީ ދެ އަހަރު ދުވަސްވީ ފަހުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެން އަޅަމުންދާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: