ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭއިން ޖުމްލަ 94،000 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

ރާއްޖެއިން ކޮވިޑަށް ޕްޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 94،000 ވަނީ އަރާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އިތުރު 100 މީހުން ޕޮޒިޓިވް ވުމާއިއެކި މުޅި ޖުމްލަ 94،000 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހޯމަ ދުވަހުގެ އިރު އޮއްސުމާއި ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ހޯމަ ދުވަހުގެރޭ ބުނި ގޮތުގައި އަލަށް ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 22 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. ހޯމަ ދުވަހު ޕޮޒިޓިވް މީހުންގެ ތެރެއިން 51 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. އަދި ރިސޯޓްތަކުން 27 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އިއްޔެ ޓެސްޓްކޮށްފައިވަނީ 4،540 ސާމްޕަލް އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުންދާ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1،952 މީހުންނެވެ. އަދި މިހާތަނަށް 91،832 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މީގެއިތުރުން، މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 12 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއަދާ ހަމައަށް 260 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައިވާއިރު، ކޮވިޑް ބަލީގައި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރުވެސް ހޯމަ ދުވަހު ވަނީ އަވަހާރަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: