ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި ޖެހުނީ އެންމެ ދެ މީހުންނަށް: އެޗްޕީއޭ

ހިމަބިހި ވެކްސިން ----
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިމަބިހި (މީޒަލްސް) ޖެހުނީ ދެ މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 286 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވާއިރު ހިމަބިހި ޖެހިފައިވަނީ 2 މީހުންނަށް ކަމަށް ދައްކައެވެ. އަދި މި ބަލިން ރައްކާތެރިވުމަށްޓަކައި ހިންގަމުންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 16،503 މީހުން ވެކްސިން ފުރިހަމަކޮށްފަވާކަމަށް އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުން އެނގެއެވެ.

މީގެ އިތުރުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. އަދި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ހިމަބިއްސަކީ ”މީސްލްސް ވައިރަސް“ގެ ސަބަބުން ޖެހޭ، ގައިންގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔަކަށް ވާތީ، ވެކްސިންގެ ދެ ޑޯޒް ހަމަކުރެވުނުކަން ޔަގީންނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ކަނޑައެޅިފައިވާ މަރުކަޒުތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ދިމާވެފައިވާ (ކޮންޓެކްޓްވި) ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން، ކޮންޓެކްޓުންނަށް ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކުގައި ލަސްނުކޮށް ވެކްސިން ޖެހުމަށްވެސް ވަނީ އަންގާފައެވެ.

ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވި ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުންނާއި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ އިތުރުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅޭ ވަކި ގަޑިތަކެއްގައި މި ވެކްސިން ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ހުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: