ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭގެ ޖަލްސާއަށް ޖުމްހޫރީ މައިދާނާ ގުޅިފައިވާ މަގުތައް ބަންދު ކުރަނީ!

ޖުމްހޫރީ މައިދާނާ ގުޅިފައިވާ މަގުތައް ބަންދުކުރަނީ / ސަން އޮނަލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފާވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިފަދައިން ފުލުހުން ބުނެފައި ވަނީ އިއްޔެގެ ވަގުތެއްގައި އެބޭފުޅުން ކޮށްފާވާ ޓްވީޓެއްގައެވެ. އަދި ފުލުހުން ބުނީ ޖުމްހޫރީ މައިދާން ސަރަހައްދު މިއަދު ހަވީރު 5:30 އިން ފެށިގެން އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، ފުލުހުން ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރޭގައި ބައެއް ޕާކިން ޒޯން ތަކުގައި ޕާކް ކުރުން މަނާކުރުމާއި، ޕާކިން ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ މިއަދު މެންދުރުފަހު 2:00ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަގައި، ޒޯންތައް ހުސްކޮށްދިނުމަށް ފުލުހުން އެދިފައިވެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދިވެހި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް މީޑިއާތަކުން މައުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުން، މި ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވުން ވެސް އޮންނާނެއެވެ. އަދި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަކަމާއެކު، ގައުމީ ފެންވަރުގައި ބޭއްވޭ 2 ޖަލްސާއެއްގައި އިނާމު އަރުވާ ގޮތަށް ނިންމެވުމާ ގުޅިގެން، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި 117 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވަނީ އަރުވާފަ އެވެ.

މިމާރޭ ބާއްވާ ޖަލްސާގައި އިނާމު އެރުވެނީ ބާކީ ތިއްބެވި 106 ބޭފުޅަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: