ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކޮވިޑަށް ޓެސްޓު ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު/ ފޮޓޯ: ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކޮވިޑަށް ޓެސްޓު ކުރުމަށް އެޗްޕީއޭ އިން ނިންމައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެއްވާފައިވާ އިއުލާނުގައި ބުނެފައިވަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ސަސްކޯވީ-2 ވައިރަސްގެ ”އެމިކްރޯން“ ވޭރިއަންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުން ރާއްޖެއަށް ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެއެވެ. މިގޮތަށް ދަތުރުކުރާ މީހުންނާއެކުގައި ދަތުރުކުރާ އަހަރު ނުވާ ކުދީން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހެއެވެ.

މީގެ އިތުރުން ފަތުރުވެރިން ފިޔަވާ ބޭރުން އަންނަ އެހެން ހުރިހާ މީހުން ރާއްޖެ އެތެރެވުމަށް ފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ލާޒިމެވެ. އަދި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ނުވާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. އެ މީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމަށް ފަހު ހަދާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.

ޑިރެކްޓަރު ޖެނެރަލްގެ އެންގުން ތަންފީޒު ކުރަން ދައުލަތުގެ އިދާރާތަކަށްވެސް މި އިއުލާނުގައި ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: