ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑިވަރު ޓިކެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެސްދޭނަން: ރައީސް

ރައީސް އުބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގު ބޮޑު ކަމަށް ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން އައިލެންޑް އޭވިއޭޝަނާ މަޝްވަރާކޮށް، ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނައިފަރުގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިންގ ޔުނިޓް ކައުންސިލާއި ހަވާލްކުރުމަށް އެރަށުގައި  ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އަގާ މެދު ވަގުތުން އެއްޗެއް ދަންނަވަން ދަތިވިޔަސް އެކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ އެވެ.

މީގެ އިތުރުން ނައިފަރަކީ މަސްވެރި ރަށަކަށް ވެފައި މަސްވެރިންްގެ ޝަކުވާ އަކަށް ވެފައި ވަނީ ބާނާ މަހަށް ހަމަ އަގު ނުލިބުމާއި އައިސް ލިބުމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ނައިފަރު ފެނަކަ އާއި ރަށު ކައުންސިލުން ގުޅިގެން އައިސް ލިބުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެކަމުގައި ރައީސް ވިދާޅުވިއެވެ. ނައިފަރުގެ ފެނާއި ނަރުދަމާ އެމްޑަބްލިޔުއެސްސީ އާއި ހަވާލްކުރެވި އެމަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަސައްކަތް ނިމުމާއިއެކު ނައިފަރުގެ ބޮޑެތި މަގުތަކުގައި ތާރު އެޅިގެންދާނެކަމަށެވެ.

ހަމައެއާއެކު ނައިފަރަށް ދިމާވެފައިވާ ނެރުގެ ދަތިކަން ހައްލުކުރުމަށް އެމްޓީސީސީ އާއި މަޝްވަރާކޮށް އެމަސައްކަތް ހައްލު ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: