ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ދާއިރާގެ ރިސާޗް ގުރޫޕާ ރައީސް ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސާޗް ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ މި ދިރާސާއަކީ ތައުލީމީ ދާއިރާއަށް ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުދައްރިސުންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް އޮޅުންފިލުއްވައި، ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މި ދިރާސާގެ އަލީގައި ދެނެގަނެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އެކަންކަން ހައްލުކުރުމަށް ހުށަހަޅާފައިވާ ކަންކަން ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ތަންފީޒު ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސާޗް ގްރޫޕުން ވަނީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކާ ގުޅޭގޮތުން ރައީސްއާ އެކު މަޝްވަރާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ޓީޗަރުންގެ މުސާރަ، މަސައްކަތުގެ ބުރަކަމާއި، މަސައްކަތުގެ ދިރިއުޅުން ހަމަހަމަކުރާނެ ގޮތާއި، މުދައްރިސުންގެ ހައްގުތަކާއި، މުދައްރިސުންނަށް ކުރާ ގަދަރާއި އިހްތިރާމާ ގުޅޭގޮތުންނާއި، މަސައްކަތް ކުރާ ތަނާއި ވަސީލަތްތަކާއި، ތަމްރީނާއި ތަރައްގީ އަދި ތައުލީމީ ދާއިރާއަށް ކުރާ އަސަރުތައް ހިމެނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ފައިސަލް ނަސީމާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތޮފާ ލުތުފީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތައުލީމީ ދާއިރާގެ ރިސާޗް ޓީމާ ރައީސް މިއަދު ބައްދަލުކުރައްވާފައި މިވަނީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ. މިއަހަރުގެ ރިޔާސީ ބަޔާންގައި ރައީސް ވަނީ ކުރިއަށް އޮތް މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތައުލީމީ ދާއިރާގެ މުސާރަތައް ބޮޑުކުރައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: