ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ އާއިލާތަކަށް ހެލްތް އިންޝިއުރެންޝް ދޭން ފާހެއް ނުވި!

ރައްޔިތުންގެ މަޖިލީސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކުގެ އާއިލާތަކަށް ހެލްތް އިންޝިއުރެންޝް ސްކީމް ނުދިނުމަށް ރައްޔިތުންގެ މަޖިލިޙުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބައެއް މެމްބަރުންގެ އަނބިން ނާއި ފިރިންނާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށް އެ މެމްބަރުން އަމިއްލަ އަށް ޕްރިމިއަމް ދައްކަވާ ގޮތަށް ހެލްތް އިންޝިއުރެންސް ސްކީމްގައި ބައިވެރިކޮށް ދިނުމަށއ އެދި ފޮނުވާފައިވާ މައްސަލަ އާންމު ކޮމިޓީއިން ދިރާސާ ކޮށް ނިނިްމުމަށް ފަހު މައްސަލައިގައި ގޮތެއް ނިންމުމަށް އެކޮމިޓީއިން މަޖިލީހަށް ވަނީ ފޮނުވައިފައެވެ.

އެހެން ކަމުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި އެކަމާއި ގުޅޭގޮތުން ކުރެވުނު ބަހުސްގެ މަރުހަލާގައި ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ މަޖިލިސް މެމްބަރުކަން ކުރިން އަދާކުރެއްވި ބޭފުޅުންގެ އާއިލާ އަށް އިންޝިއުރެންސް ދިނުމާއި ދެކޮޅު ހައްދަވާފައެވެ.

އެކަމާއި ގުޅޭ ގޮތުން ބައެއް މެމްބަރުން ވިދާޅުވީ އާއިލާ އަށް ހެލްތް އިންޝަިއުރެންސް ސްކީމް ދިނުމުގެ ބަދަލުގައި އާސަންދަ ސްކީމް ރަނގަޅުކޮށް ހަރުދަނާ ކުރުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އާސަންދަ އޮވެމެ އަދިވެސް  ބޭސްފަރުވާ އަށް ސަލާމް ޖަހާ މީހުން ފެންނަމުން ދާ ކަމުގައި ބައެއް އެމްބަރުން ފާހަގަކުރެއްވިއެވެ.

މަޖިލިސް މެމްބަރުކަން ކުރެއްވި ބޭފުޅުންގެ އާއިލާތަކަށް ހެލްތް އިންޝިއުރެންސް ދިނުމާއި ދެކޮޅަށް ވޯޓް ދެއްވާފައިވަނީ ވޯޓްގައި ބައިވެރިވި 26 މެމްބަރުންނެވެ. އެހެންކަމުން މިއަދުގެ މަޖިލީހުން މެމްބަރުކަން ކުރެއްވި ބޭފުޅުންގެ އާއިލާއަށް އިންޝިއުރެންސް ދިނުމަށް ހުށައެޅި ހުށައެޅުން ފާސްވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: