މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އަލުން ޖަލަށް ބަދަލުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓް ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް އުފުލިފައިވެއެވެ. އޭގެތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތިން ދައުވާއެއް ހިމެނެއެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އަދަބަކީ އުމުރުދުވަހުގެ ޖަލު ހުކުމެވެ. ޕެސްޓުގެ ފަރާތުން އެކަށީގެންވާ ވަރަށް ބޭސްފަރުވާ ނުލިބޭކަމަށް ބުނެ ޝަކުވާ ކުރުމުން ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުން އޭނާ ގޭބަންދަށް ބަދަލުކޮށްދީފައިވަނީ ޝަރުތުތަކަކާއެކު ކަންވެސް ފާހަގަކޮށްލެވެއެވެ،
ނަމަވެސް, މިއަދު އޭނާ އެނބުރި ޖަލަށް ބަދަލުކުރުމަށް ހައިކޯޓުން ނިންމީ ބޭސްފަރުވާއާ ގުޅޭ ގޮތުން ކުރި ޝަކުވާތަކަށް ބެލި ކަމަށް ދަށު ކޯޓުގެ އަމުރުގައި އޮތް ކަމުގައި ވިޔަސް, އެ ކަންކަމުގެ ތަފްސީލު އެ ނިންމުމުން އެނގެން ނެތުމުންނެވެ. އަދި ބޭސްފަރުވާއަށް ޕެސްޓް ދޫކޮށްލިއިރު ރިޔާއަތް ކުރި ކަންކަން ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައި ނެތުމުންނެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި، އިސް ފަނޑިޔާރުހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެވެ،

