ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާވިންގެ މައްޗަށްކުރާ ދައުވާ ދިވެހިބަހަށް ތަރުޖަމާކޮށް ނުދެވިގެން އަޑުއެހުން ކެންސަލް

މާވިން އާއި މޭރީ: މޭރީގެ މަރުގެ މައްސަލާގައި ދިވެހި ނަރުހަކު ވަނީ ހައްޔަރުކޮށްފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި މާވިން އެސްވައި ވާގަސް އަށް ކުރާ ދައުވާ ދިވެހި ބަހަށް  ތަރުޖަމާކޮށް ނުދެވިގެން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މާވިންގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ އަނބިމީހާ މެރީ ގްރޭސްގެ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލި ކަމުގެ ތުހުމަތެވެ. މާވިންގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 10 އަހަރުދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އިއްވި އެވެ. ނަމަވެސް, އަޑުއެހުމަށް ހާޒިރުވެ އިން ތަރުޖަމާނައަށް އެންމެ އެކަށީގެންވާ ގޮތުގައި ދައުވާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް, މާވިންއަށް ކިޔައިދޭން ނޭނގުނެވެ.

އެ ދައުވާ އާއި އެ ކުށުގެ އަދަބު ދައުވާ ލިބޭ މާވިންއަށް އެންމެ އެކަށީގެންވާ ގޮތަށް ތަރުޖަމާކޮށް ނުދެވޭ ކަމަށް ދައުލަތުންނާއި ދިފާއުން ވެސް ގަބޫލުކުރެ އެވެ.

އެހެންވެ, އެ ދެ ފަރާތުގެ އެދުމުގެ މަތިން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ އެ މައްސަލައަށް އެހެން ތަރުޖަމާނެއް ހޯދުމަށެވެ. އަދި އޮންލައިންކޮށް ކުރިއަށް ގެންދަމުން އަންނަ އެ މައްސަލައިގެ އަޑުއެހުންތައް ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދިއުމަށެވެ.

ގާޒީ ވިދާޅުވި ގޮތުގައި އޭރުން މާވިންއަށް ކުރާ ދައުވާ އާއި ޝަރީއަތުގައި ދައްކާ ވާހަކަތައް ތަރުޖަމާކުރުމަށް ފަސޭހަވެގެން ދާނެ އެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމާލީ ވަރަށް އަަވަހަށް އެ މައްސަލާގެ އަޑުއެހުމެއް ތާވަލްކުރާނެ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އަޑުއެހުމެއް ބާއްވާނެ ވަކި ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.

މާވިންގެ ފަރާތުން އެ މައްސަލަ އަވަސްކޮށްދިނުމަށް އެދިފައިވާކަން ދިފާއީ ވަކީލު ފާހަގަކުރި ނަމަވެސް، އޭނާ އެންމެ ފުރަތަމަ ޝަރީއަތް ފެށުމާ އެކު ވެސް މަސައްކަތް ކުރީ ދިފާއީ ހެއްކެއް ނުލިބޭތީ އަޑުއެހުން ފަސްކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: