ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޕާޓީން ބޭރު ކުރަން ޖާގައެއް ނުދޭނަން: އިންތި

އިންތިހާބުގައި ވާދަކުރައްވާ އިންތި އާއި ފައްޔާޒް: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް ޖާގަ ނުދެއްވާނެ ކަމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ އެމްޑީޕީ އެތެރޭގެ އިންތިހާބާއި ގުޅިގެން ޗެއާޕާސަންގެ މަގާމަށް އައުމަށްޓަކައި އޭނާ ކުރައްވަމުން ދިޔަ ކެމްޕެއިންގެ ތެރެއިންނެވެ. އަދި އޭނާގެ ޗެއާޕާސަން ކަމުގައި އެމްޑީޕީގެ އުސޫލްތަކާއި އަސާސްތައް ނަގަހައްޓަވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ އެތެރޭގައި ވަނީ ބޮޑު ހަމަ ނުޖެހުންތަކެއް ހިނގައި ދެ ފެކްޝަނެއް އުފެދިއެވެ. މިގޮތުން ޕާޓީގެ މެންބަރުން އެއް މެންބަރަކު އެނެއް މެންބަރަކަށް އިދިކޮޅަށް ގޮވުމުގެ އިތުރުން، އިނގިލި ދިއްކޮށް ގިނަ ތުހުމަތު ތަކެއް ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ރައިސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި އެމްޑީޕީން، ”މޭއި ހައެއް ކޮމިޓީ“ ގެ ނަމުގައި ކޮމިޓީއެއް ނަގައި ކޮންމެ ހަފްތާއަކު ބައްދަލުވުންތައް ކުރިޔަށް ގެންދިޔަ ނަމަވެސް އެ ބައްދަލުވުންތަކުގެ ކޯރަމް ހަމަނުވެގެން، ބައްދަލުވުން ނުފެށި ލަސްވުމާއި އަދި މުހިންމު މަޝްވަރާތަކަށް ފަހު ހަމަލާގެ ބަޔާއި ހަމައިން ބައެއް މީހުން އޮންލައިންކޮށް ކުރިޔަށް ގެންދާ އެ ޖަލްސާ ދޫކޮށް ދެއެވެ. އަދި ހަމައެއާއެކު އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ނަޝީދު މިހާލުކޮޅުގައި ވަނިކޮސް ތިބީ މަޖިލީސްގެ ކާ ކޮޓަރި ތެރޭގައި ހީސަމާސާ ކުރުމަށް ކަމުގައި އިންތިގެ ތަރުޖަމާނު މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.

ތިނަދޫގައި އިންތިގެ ޗެއާޕާސަން ކަމުގައި ކުރައްވާނެ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ވައްޑޭ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ހަމަލާ ދިނުމުން މަޖިލީހުގައި ބޭއްވި ކުއްލި ޖަލްސާއަށް ދިޔައިރު އިދިކޮޅުގެ މެމްބަރުންގެ މޫނު މަތީން ވެސް ހާސްކަމާއި ކަންބޮޑުވުން ފެނުނުކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތަޅުމުގެ ތެރޭގައި ތިބީ ހީސަމާސާ ކުރުމުގައި ކަމަށެވެ. އެ މީހުންނަކީ މިއަދު ޕާޓީ ހިންގާލަން، ނުވަތަ ޕާޓީ އިސްލާހު ކުރަންކަމަށް ބުނެ ނިކުމެ ތިބި މީހުންކަމުން އެ މަޅީގައި ރައްޔިތުން ނުޖެހުމަށް ވައްޑޭ ގޮވާލި އެވެ.

އިންތިގެ ކެމްޕެއިން ޓީމުން ބުނަމުން ގެންދަނީ ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން މަޖިލީހަށް އައިސް ތިބި މީހުން މިއަދު މަސައްކަތް ކުރައްވަމުން އެދަނީ އެމަނިކުފާނާއި ދެކޮޅަށް ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީއަކީ އެމްޑީޕީ ކަމުގައި ވީއިރު ހަމަ އެމްޑީޕީގެ މެންބަރުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އިސްތިގުފާއަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: