ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯއޭސީޕީއެސްގައި ރާއްޖެއިން ބައިވެރިވުމަށް ރުހުންދީފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން މިކަމަށް ރުހުން އޮތްކަމަށް ފާސްކުރީ 29 މެމްބަރުންގެ ވޯޓުންނެވެ. އޯއޭސީޕީއެސްގައި ރާއްޖެ ބައިވެރިވުމުން އެފްރިކާއާއި ކެރީބިއަންއާއި ޕެސިފިކްގެ ޤައުމުތަކާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެއެވެ. އަދި މި ސަރަޙައްދުތަކުގެ ޤައުމުތައް ގުޅިގެން ކުރާ މަސައްކަތްތަކުގައި ނަތީޖާއާހަމައަށް ވާސިލްވުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައްފަދަ ރާއްޖެއިން ބައިނަލްއަޤްވާމީ ދުނިޔޭގައި ވަކާލާތުކުރާ މައްސަލަތަކުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބުމަށް މަގުފަހިވާނެއެވެ.

އޯއޭސީޕީއެސް އަކީ މިހާރުވެސް 79 ޤައުމެއް ބައިވެރިވާ ޖަމްޢިއްޔާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: