ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނަން ހިމެނުމުގެ ކުރިން މެސެޖަކުން އަންގަނީ!

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ ނަން ހާމަކުރުމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމައިފި އެވެ.

އެކޮމިޝަންގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި ސިޔާސީ ޕާޓީ ތަކަށް ވަންނަ މީހުންގެ ނަން އެކޮމިޝަންގެ ވެބްސައިޓްގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.

އެކަން ހާމަކޮށް އީސީން ކޮށްފައިވާ ޓްވީޓެއްގައި ވާ ގޮތުން ސިޔާސީ ޕާޓީ ތަކުން ހުށައަޅާ ފޯމްތަކުގެ ސައްހަކަން އިތުރަށް ކަށަވަރު ކުރުމުގެ ގޮތުން މި އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެކޮމިޝަނަށް ހުށައަޅާ މެމްބަރޝިޕް ފޯމްތަކުގެ ލިސްޓް ކޮމިޝަންގެ ވެބްސައިޓްގައި އާންމުކުރުމަށް ނިިންމާފައިވާ ކަމުގައެވެ.

އެކޮމިޝަނުން އިތުރަށް ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން،  ކޮމިޝަނަށް ހުށައަޅާ މެމްބަރޝިޕް ފޯމްތަކާއިބެހޭ މައުލޫމާތު ހިމެނުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓަމަހުގެ 01 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަ ކަން އިތުރު ކުރުމަށް  ޕާޓީ ތަކަށް ވަންނަ މީހުންގެ ދަފްތަރު އެ ކޮމިޝަންގެ ވެބްސައިޓްގައި އާންމު ކުރުމާއި އެކަން މެސެޖެއްގެ ޒަރީޔާއިން އެމީހަކަށް އެނގިގެން ދާނެ ކަމުގައެވެ.

މި ފަހަކަށް އައިސް ސިޔާސީ ޕާޓީ ތަކަށް އޮޅުވާލައިގެން މެމްބަރުން ވެއްދުމާއި ވަކި ކުރުމުގެ ތުހުމަތު އާންމު ފަރާތްތަކުން ގެންދަނީ ސިޔާސީ ޕާޓީ ތަކާއިމެދު ޝަކުވާތައް ކުރެވުމުން ކަން ފާހަގަކޮށްލެވެއެވެ.

މިފަދަ ދަނޑިވަޅެއްގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިކަމަށް ގެނެވުނު އިސްލާހަކީ ޕާޓީ ތަކުން މެމްބަރުން ބަދަލު ކުރުމާއި ގުޅިގެން އުފެދުނު ގިނަ މައްސަަލަ ތަކަށް ހައްލެއް ލިބި ކޮމިޝަނާއި މެދު އާންމުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތައް ނައްތާލުމަށް އެޅިގެންދާ ހެޔޮފާލެއް ކަމުގައި ގިނަބަޔަކު އަންނަނީ ދެކެމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: