ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ކުންފުނިތައް ފަސޭހައިން ހެދޭގޮތަށް އޮތުމުން ކޮރަޕްޝަނަށް މަގުފަހިވާނެ: އުޝާމް

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވީހާވެސް ލުއި ގޮތެއްގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދޭނެ ގޮތަށް ޖާގަ ހުޅުވިފައި އޮތުމަކީ ކޮރަޕްޝަން ހިންގުމަށް ހުޅުވާލެވޭ ދޮރެއްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔަ ކުންފުނިތަކާއި ބެހޭ ބިލުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް އިތުރު ވަމުންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސަރުކާރު ހިއްސާވާ އެތައް ކުންފުންޏެއް އޮވެމެ ހިނގަނީ މަދު ކުންފުންޏެއްކަމާއި މީގެ ތެރެއިން ގިނަ ކުންފުނިތައް ހިންގާ ގޮތެއް ވެސް ސާފެއް ނުވާކަމަށް ގިނަ މެމްބަރުން ފާހަގަ ކުރި އެވެ.

މި ބިލަށް ބަހުސް ކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެން ކުރީގެ އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާ ކުރައްވާފައިވާ އުޝާމް ވިދާޅުވީ ސަރުކާރު ކުންފުނިތައް ފަސޭހައިން ހެދޭގޮތަށް ކުންފުނިތަކާއި ބެހޭ ބިލުގެ އިސްލާހުގައި އޮތް އޮތުމަކީ އެހާރަގަޅު ކަމެއް ނޫން ކަމުގަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އުޝާމް ފާހަގަ ކުރެއްވީ ސަރުކާރުން ކުންފުނިތައް ހަދައިގެން ހިންގާ ކޮރަޕްޝަންގެ އަމަލުތައް އިތުރުވުމެވެ.

ކުންފުނިތަކާއި ބެހޭ ބިލުގެ އިސްލާހަށް ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އާންމު ރައްޔިތުންގެ ޝަކުވާ އަކީ ސަރުކާރު ކުންފުނިތައް ހަދައިގެން ސިޔާސީ ބޭނުމަށް މީހުންނަށް ވަޒީފާތައް ދޭ ކަމުގެ ޝަކުވާ ކަމާއި އެފަދަ ކުންފުނިތަކުން މީހުންނަށް ވަޒީފާ ދީގެން އިންތިހާބުތަކާއި ދިމާކޮށް ވަޒީފާ އަދާކުރާ ފަރާތްތަކަށް ބިރުދައްކާ ކަމުގެ ޝަކުވާއެވެ.

އުޝާމް ވިދާޅުވީ މިހާރު އަމަލު ކުރަމުން މިދާ ކުންފުނިތަކާއި ބެހޭ ގާނޫނަކީ 1990 ގެ އަހަރުތަކުގެ ތެރޭގައި އަމަލުކުރަން ފެށުނު ގާނޫނެއް ކަމުގައެވެ. އަދި ވިދާޅުވީ ޒަމާނަށް ފެތޭ ކުންފުންޏާއި ގުޅޭ ގާނޫނެއް ނެތުމުގެ ސަބަބުން ކުންފުނިތައް ހިންގުމުގައި ވަރަށް ގިނަ ދަތިތަކެއް އަންނަނީ ކުރިމަތިވަމުން ކަމުގައެވެ.

އުޝާމް ވިދާޅުވީ ކުންފުނީގެ މެމްބަރުންގެ ހައްގުތަކާއި ބާރުތަކާއި ޒިންމާތަކާއި ކުންފުނީގެ ބާރުތަކާއި ޒިންމާތައް ވަރަށް ތަފްސީލީ ގޮތެއްގައި ކުންފުނިތަކާއި ބެހޭ ބިލުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އުޝާމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ހިންގާ ކޮރަޕްޝަނާއި ވަޒީފާގެ ބިރުދެއްކުމުގެ މައްސަލަތައް ބެލޭނެ އެކަށީގެންވާ ނިޒާމެއް ނެތް ހާލަތެއްގައި ސަރުކާރަށް ފަސޭހަކަމާއެކު ކުންފުނި ހެދުމަށް އޮތް އޮތުމަކީ އެކަމުގެ ސަބަބުން މުސްތަގުބަލުގައި ގެއްލުންތަކެއް ދިމާވާނެ ކަމެއް ކަމަށެވެ.

އުޝާމް ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ހިންގާ ކޮރަޕްޝަން ބެލޭނެ ގޮތެއް ނެތްކަމަށާއި އެފަދަ މައްސަލަތައް އޭސީސީ އަށް ރަނގަޅަށް ނުބެލޭ ކަމުގެ ޝަކުވާ މަޖިލީހުގައި ކުރާ ކަމުގައެވެ. އަދި އޭސީސީގެ މައްސަލަތައްވެސް މަޖިލީހުން ނުބަލާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: