ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ވަޓްސްއެޕް ގްރޫޕްގައި މެމްބަރުން ބަހުގެ ހަމަލާ ތަކެއް ބަދަލުކޮށްފިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއަށް ނިސްބަތްކޮށް ޒިނޭ ކުރުމުގެ ތުހުމަތު ކުރުމާއިއެކު ރޮޒައިނާ އާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒް މެމްބަރު ޝިޔާނަށް ބަނގުރާ ބޯކަމުގެ ތުހުމަތު ކޮށްފިއެވެ.

މެމްބަރުންގެ ވަޓްސްއެޕް މެސެޖް ތަކެއްގެ ސްކްރީން ޝޮޓްތަކެއް ޝޯސަލް މީޑިއާގައި ލީކުވެފައިވާއިރު އޭގައި ވަނީ ޒާތީ ގޮތުން ކުރެވިފައިވާ ޒުވާބުތަކެކެވެ. އެގޮތުން މެމްބަރު ޝިޔާން  ރޮޒެއިނާ އަށް ނިސްބަތް ކުރައްވައި ހިލޭ ފިރިހެނުން ގެންގުޅޭތީ މިނާ ކުޑޭ ހެދި މަސްފެކްޓްރީ އިނދަޖެހުނީ ކަމަށެވެ. އަދި ނާނު އަށް އެރަށުގައި ނުހުރެވިގެން މާލެ އަންނަން ޖެހިގެން އައީ ކަމުގައި އެއް މެސެޖުގައިވެއެވެ. އަދި އެއީ ފުޅިއަށް ވުރެ މާ ނުރައްކާ ކުޅިއެއް އިނގޭތޯ، މިހެން އެ މެސެޖްގައި ވެއެވެ.

ރޮޒެއިނާގެ މެސެޖުގައި ރިޔާސީ އިންތިހާބު ގެ ދެވަނަ ބުރު ޑީއާރުޕީ މަސައްކަތް ކުރީ އެމްޑީޕީ އާއި އެކު ކަމުގައި ބުނެފައިވެއެވެ. އަދި ގިޓާ މަދު ވަގުތަކު ނަމަވެސް ހަމައިގައި ހުރުމަށް އެ މެސެޖްގައިވެއެވެ.

ރޮޒައިނާ ވިދާޅުވީ އޭނާ އާއި ގުޅޭ ގޮތުން ގިޓާ ދެއްކެވި ވާހަކަތައް ޤަބޫލު ކުރާނެ މީހަކު ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.

އަދި އެވާހަކަ ތަކަކީ ގިޓާ އަމިއްލައަށްވެސް ގަބޫލު ނުކުރާނެ ވާހަކަތަކެއް ކަމަށް ރޮޒެއިނާ ޝިޔާން އާއި ދިމާލަށް މެސެޖުގައި ބުނެފައިވެއެވެ.

ޝިޔާން އެބުނާ މަސް ފެކްޓަރީއަކީ މިނާ ކުޑޭ ހެދި ތަނެއް ނޫން ކަމަށާއި އެއީ ތަސްމީން ހެދި ތަނެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

”އަޅެ މީނައަށް ރަނގަޅަށް އެނގޭ އެކައްޗެއްވެސް ނޯވެއޭ ދޯ. އަނގައެއް އޮތީތީ ތަޅުވަނީ“ ރޮޒައިނާ

ރޮޒައިނާ އާއި ޝިޔާނާއި ދެމެދު ބަދަލު ކުރެވެމުން ދިޔަ ބަހުގެ ހަމަލާތަކުގެ ތެރެއަށް ރޮޒައިނާގެ ފިރިކަލުން ނާޝިޒް ވަދެ ވަޑައިގެން ޝިޔާން އަށް ރައްދު ދެއްވާފައިވެއެވެ.

ނާޝިޒް ވިދާޅުވީ އެއީ ފުކެއް ބޮޑުވަރު ކަމަށާއި މިނާކުޑޭ އާއި އަދި އެހެން މީހެއްގެ ވާހަކަ ވެސް ދައްކަން ނުޖެހޭ ކަމަށެވެ.

 ”ގިޓާގެ އަނބިކަނބަލުން ވިއްކައިގެން ފުޅި ހިއްޕަވައިގެން ޓެރަސް މަތިންނާއި ސަފާރީތަކުން އުޅުއްވިއަސް ރޮޒޭ އެއްވެސް ކަމެއްގައި މީހެއް ކައިރިއަށް ދާކަށް ނުޖެހޭނެ ކަމަށާއި އަދި ނުވެސް ދާނެ“

ގިޓާގެ މެސެޖަށް ރައްދު ދެމުން ނާޝިޒްގެ މެސެޖްގައިވެއެވެ.

ރޮޒައިނާ ވިދާޅުވީ އޭނާ އެހެން މީހުން ހޯދަން ޖެހޭވަރަށް ވުރެ ނާޝިޒް މާ ގަދަ ކަމަށެވެ.

”މަ އެހެން މީހުން ހޯދަން ޖެހޭ ވަރަށް ވުރެން ނާނު މާ ގަދަ އޭ އިނގޭ ގިޓާ. 30 އަހަރު ވީއިރުވެސް ހަމަ ފޫހި ނުވޭ“  ރޮޒެއިނާ

ނާޝިޒް އާއި ރޮޒައިނާގެ ކައިވެންޏަށް 30 އަހަރުވީ އިރުވެސް ނާޝިޒް މަތިން ފޫހި ނުވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގައި މެމްބަރުން ގެ ބަހުގެ ހަމަލާބަދަލު ކުރުމަކީ އާންމުކޮށް ވަމުން އަންނަ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: