ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރުސަތު ކުޑަ ނަމަވެސް ރާއްޖެއިން މަންކީ ޕޮކްސް ފެނިދާނެ: އެޗްޕީއޭ

ކޮވިޑު ސާމްޕަލް ނެގުމުގައި އެޗްޕީއޭ ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ފެތުރެން ފަށާފައިވާ މަންކީ ޕޮކްސް ވައިރަސް އާއިމެދު ގިނަ ގައުމުތަކަކުން ދިރާސާތައް ކުރަމުންދާ ކަމަށާއި، އެހެންކަމުން ކައިރި މުސްތަގުބަލެއްގައި ދިވެހި ރާއްޖެއިންވެސް ކަށިވިދުރީގެ ބާވަތެއްކަމަށްވާ މަންކީޕޮކްސް 21ގެ ކޭސްއެއް ފެނިދާނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ސޯޝަލް މީޑިއާގައި މިއަދު އާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން މޭ މަހާއި ހަމައަށް ރާއްޖެ އަދި އަވަށްޓެރި ގައުމަކުންވެސް މަންކީޕޮކްސްގެ އަލާމާތެއް ފެނިފައިނުވާކަމަށެވެ. އަދި މި ބައްޔަކީ ކޮންޓެކްޓްވެ ގިނަވަގުތުތަކެއް ބަލިޖެހިފައިވާ ފަރާތަކާއިއެކު ހޭދަކުރުމުގެ ސަބަބުން ފެތުރިދާ ބައްޔަކަށްވުމުން، ރާއްޖޭގައި މިބަލި ފެތުރިދިއުމުގެ ބިރު ކުޑަކަމަށް ލަފާކުރެވިފައިވާކަމަށާއި އެހެންނަމަވެސް އެކި ގައުމުތަކުން މިވަގުތު ބައްޔާއި މެދު ދިރާސާތައް ކުރަމުން ދާ ހިނދު ރާއްޖެއިންވެސް މި ބަލީގެ އަލާމަތްތައް ފެނިގެންދިއުން އެކަށީގެންވާކަމަށް އެޗްޕީއޭގެ އިއުލާނުގައިވެއެވެ.

އާންމުން މި ބަލިން ރައްކައުތެރިވުމަށް އިލްތިމާޒް ކުރަށްވާ އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވުމުގެ ގޮތުން އަމަލުތައް ބައްޓަން ކުރިފަދައިން،  އަތް ދޮވެ ސާފުކުރުމަށާއި، މާސްކް އެޅުމަށް އަދި އެއްވެސް އަލާމާތެއްވާނަމަ، އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިރުޝާދު ދެއްވައި އެޗްޕީއޭއިން ބުނެފައިވަނީ، ގައިގައި ރިހުން، ގޮށްލައި ބިހިނެގުން ފަދަ މަންކީ ޕޮކްސް ކަމަށް ބެލެވޭ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާޒް ކުރާކަމަށެވެ.

އިންގިރޭސިވިލާތުގައި މިބަލީގެ ކޭސްތައް ރިޕޯޓް ކުރެވެން ފެށުމާއި އެކު، ކަމާއި ބެހޭ ފަރާތްތަކުން ކުރި ދިރާސާތަކުން 12 ގައުމަކުން މި ބަލީގެ 92 ކޭސްއެއް ފެނިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ރިޕޯޓްކުރެވިފައިވާކަމަށްވެސް އެޗްޕީއޭއިން މިއަދު ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ ދުނިޔޭގައި ފެތުރޭ މިފަދަ ބޮޑެތި ބަލިތަކާއި މެދު ދިރާސާކުރާފަދައިން މި ބަލީގެ ދިރާސާތައްކޮށް ކަމާއި ބެހޭ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ. އަދި ބައްޔަށް ޓެސްޓްކުރާނެ އުސޫލާއި ފެނިއްޖެ ހާލަތުގައި އަޅާނެ ފިޔަވަޅުތައް އެކުލަވާލުމުގެ މަސައްކަތްކުރަމުން ދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: