ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ، ހިޔާލު ހޯދައި ޝަކުވާތައް އަޑު އަހައިގެން: މުއިއްޒު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ ރައްޔިތުންގެ އިހްސާސްތައް ދެނެގަނެ ހިޔާލު ހޯދާ ޝަކުވާތައް އަޑު އަހައިގެން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ކުރިއަރުވާ ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށްވާ ޔުނައިޓަޑް ސިޓީސް އެންޑް ލޯކަލް ގަވަރންމަންޓްސް (ޔޫސީއެލްޖީ) ގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެން، ދެއްވި ތަގުރީރުގަ އެވެ.

ޗައިނާގެ ޝިއާންގައި އޮތް މި ބައްދަލުވުމުގައި މުއިއްޒު ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ.

”ހަރުދަނާ، ތިމާވެށްޓާއި ރަހުމަތްތެރި އަދި ދެމެހެއްޓެނިވި ސިޓީތަކުގެ މުސްތަގުބަލަށް އަތުގުޅާލުން“ މި ޝިއާރުގެ ދަށުން ބޭއްވި ބައްދަލުވުމުގެ ތެރެއިން ”ބެލްޓް އެންޑް ރޯޑް“ އާ ގުޅޭ ދަންފަޅީގައި، ޑރ. މުއިއްޒު ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙްމަތްތެރި ގުޅުގެ ތެރެއިން މާލެއަށް ލިބިފައިވާ ބޮޑެތި ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

”ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވްގައި ރާއްޖެއިން 2014 ގައި ބައިވެރިވިއިރު އަޅުގަނޑު ހުރީ ހައުސިންގް މިނިސްޓަރުގެ މަޤާމުގައިކަމުން، އެގުޅުމުގެ ތެރެއިން ގެނެވުނު ބިޔަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ޒިންމާ އަޅުގަނޑު އުފުލަން ޖެހުނު“، މޭޔަރު

އެގޮތުން ތަންފީޒުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ސިނަމާލޭ ބްރިޖް ފަދަ މަޝްރޫއުތަކުގެ ސަބަބުން މާލޭ ސިޓީގެ ރައްޔިތުންނަށް އުންމީދީ ކުރިއެރުންތަކެއް ލިބިގެންދިޔަކަން މުއިއްޒު ފާހަގަކުރެއްވިއެވެ. ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ހިޔާލު ހޯދާ، ޝަކުވާތައް އަޑުއަހައިގެންކަން ފާހަގަކުރައްވައި، މުއިއްޒު ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އެއްބަސްވުމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ރައްޔިތުންނަށް އުފާވެރިކަމާއި އުންމީދީ ކުރިއެރުންތަކެއް ގެނެސްދިން، މުހިންމު މަސައްކަތްތަކެއް ކަމުގައެވެ.

ދޭ ދޭ ސިޓީގެ ދެމެދުގައި ގާތް ގުޅުންތަކެއް ޤާއިމުކުރުމުގެ ފައިދާވެސް ’ބެލްޓް އެންޑް ރޯޑް‘ ގެ ތެރެއިން މާލެއަށް ލިބިގެންދިޔަކަން އިޝާރާތްކުރައްވަމުން، މޭޔަރު މުޢިއްޒު ވިދާޅުވީ މާލެއާއި ޗައިނާގެ ޝޫޖޯއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ގިނަގުނަ އެހީތަކެއް މާލޭ ސިޓީއަށް ލިބިފައިވާކަމެވެ. އަދި، ކުރިއަށްދާއިރު މާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށްޓާ ރަޙްމަތްތެރި، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ އަދި ހަކަތައިގެ ބޭނުންހިފުން މަދު ގޮތްތަކަކަށް ކުރެވޭ ކަންކަމަށް ވާންޖެހޭކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: