މީހުން ވަޅުލާފައި ހުރުމުން ނަމާދު ނުކުރުން ހުއްޓާލި ދަރަނަބޫދޫ މިސްކިތުގައި، އެ ރަށު ކައުންސިލުން ގުރުއާން ކިލާހެއް ހިންގިކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
ފ. ދަރަނބޫދޫ ގައި ހުންނަ މިސްކިތެއްގެ ނަމާދު ކުރާ ބައިގައި ބިދޭސީންތަކެއް ގޮދަނޑި އަޅައިގެން، ނިދާފައި އޮތްތަންވެސް އަދި ތުވާލި ފަދަ ތަކެތި އަނދެގެން ހުންނަތަން ފެނިގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވާދަނޑިވަޅެއްގައި، އާނމުނާއި، ސިޔާސީ އިސް ބޭފުޅުންގެ ފާޑުކިޔުންވެސް އެކަމަށް އަމާޒުވުމުން، އެ ރަށުގެ ކައުންސިލުން ބުނީ، ބިދޭސިން ދިރިއުޅެމުންދާކަމަށް ބުނެ އާނމުކޮށްފައިވާ ވީޑިއޯއިން ފެނިގެންދާ އިމާރާތަކީ، ގަބުރުތަކެއްގެ މަތީގައި ބިނާ ކުރެވިފައިވާ މިސްކިތެއްކަން ސަމާލުކަމަށް އައުމާއެކީ، އެތަނުގައި އަޅުކަން ކުރުން ހުއްޓާލައި، އެތަނަކީ 2017 ވަނަ އަހަރު މިސްކިތްތަކުގެ ދަފްތަރުންވެސް، އުވާލާފައިވާތަނެއް ކަމަށެވެ.
Maai Allah mi qaumu Islam dheenuge adhuvvunge kibain salaamai kuravvaashi. Aameen. pic.twitter.com/GIl9fPN3s5
— Dr Mohamed Muizzu (@MMuizzu) June 18, 2022
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ފ. ދަރަނބޫދޫގައި ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކުރި އިމާރާތާ ގުޅޭ. pic.twitter.com/johNl8NYa5
— Ministry of Islamic Affairs (@MVIaffairs) June 18, 2022
ދަރަނބޫދޫ ކައުންސިލުން، އެ އިމާރާތަކީ، ގަބުރުތަކެއް ވަޅުލާފައި ހުރުމުން، މިސްކިތެއްގެ ގޮތަށް ބޭނުން ކުރުން ހުއްޓާލައި، މިސްކިތްތަކުގެ ދަފްތަރުންވެސް އުވާލެވިފައިވާ ތަނެއް ކަމަށް ބުނެފައިވާއިރު، އިސްލާމިކް މިނިސްޓްރީއިންވެސް ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ނެރިފައިއެވެ. އިސްލާމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން، ދަރަނބޫދޫގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުން ކުރަން ފެށުމާއެކު ކުރީން ބޭނުން ކުރަމުން އައި މިސްކިތްވަނީ ބަނދުކުރެވިފައިކަމަށެވެ. އަދި ބަނދު ކުރެވިފައިވާ މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެ ރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދުމާ ގުޅިގެން އެ ތަން ވަނީ އެ ރަށުގެ ކައުންސިލާއި ހަވާލު ކުރެވިފައިކަމަށްވެސް ބާޔާނުގައިވެއެވެ.
ގަބުރު ހުރެގެން ބަނދުކުރެވިފައިވާ މިސްކިތުގައި، ގުރުއާން ކުލާހެއް ހިންގުމަށް ދަރަނބޫދޫ ކައުންސިލުން އެތަން ދިނުމަށް އެދިފައިވުމުން، އެކަން ކޮށްފައިވާކަމަށް ބާޔާންކޮށް އިސްލާމިކް މިނިސްޓްރީން ނެރިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކައުންސިލާއި ހަވާލުކުރުމުން އެ ތަނުގައި ދަރަނބޫދޫ ކައުންސިލުން ބުނި ގޮތުގެ މަތިން ގުރުއާން ކުލާހެއް ހިންގިކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށެވެ.
Abu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, prohibited building over graves, sitting upon them, or praying over them.
Source: Musnad Abī Ya’lá 1020
Grade: Sahih (authentic) according to Al-Albani
ދީނީ އިލްމުވެރިންނާއި އާންމުންގެ ފަރާތުންވެސް މިކަމަށް އެތައް ފާޑުކިޔުމެއް އަމާޒުވެފައިވެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ސުވާލު ކުރީ، މިސްކިތެއް ހުރި ތަނަކަށް ކުރެވޭ އިހްތިރާމެއް ނެތްތޯ އަދި، މަހާނައާއި، ގަބުރުތައް މަތީގައި އިމާރާތް ކުރުމާއި، ނަމާދު ކުރުމާއި، އިޝީނދެ އިނުންފަދަ ކަންކަމަކީ ރަސޫލާ ﷺ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައިއެވެ.

