ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ ފްލެޓުތަކުން ކުލި ނަގަން ފަށަނީ އަންނަ އަހަރު!

ސްޓެލްކޯއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އެމްޑީ ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރުއޫގެ ދަށުން ގާއިމްކޮށްފައިވާ ސްޓެލްކޯޯގެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ އަހަރު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެ ކުންފުނީގެ ފްލެޓްތަކުގެ މަސައްކަތް ހަލުވިކަމާއެކު އަންނަނީ ކުރަމުން ކަމަށާއި، ޕްލޭނާއި އެއްގޮތަށް މަސައްކަތް ނިމިއްޖެނަމަ އަންނަ މަހުގެ ފަހުކޮޅު މުވައްޒަފުންގެ ފްލެޓްތަކަށް ވަދެވޭވަރު ވާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ލުޔެއް ދިނުަމަށްޓަކައި އެތަންތަނުގެ ކުލި ޖެނުއަރީ މަހުގެ ތެރޭގައި ނަގާ ގޮތަށް ގްރޭސް ޕީރިއަޑެއް ދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވެ ކުލި ނެގުން ލަސްކުރި ސަބަބެއްކަމަށް ޝަރީފް ފާހަގަކުރެއްވީ ބައެއް މުވައްޒަފުންނަށް އަދިވެސް ޑައުން ޕޭމަންޓު ނުދެއްކުމެވެ.

”މެނޭޖްމަންޓުން ސްޓާފުންނަށް ލުއި ހޯދައިދިނުމަށް ތިބޭފުޅުންނަށް ފްލެޓުތަކަށް ވަނުމަށް އަޅުގަނޑުމެން ގްރޭސްޕީރިއަޑެއް އެބަދެން. އޭގެ މާނައަކީ އަޅުގަނޑުމެން ކުލި ނަގަން ފަށާނީ ޖެނިއަރީ 1 އިން ފެށިގެންނޭ. ސަބަބަކީ އަޅުގަނޑުމެންނަށް އެނގޭ ބައެއް މުވައްޒަފުން މިހާރުވެސް 20 ޕަސެންޓް ދެއްކުމަށް މުސާރައިން އުނި ކުރަމުން އެބަދޭ. އަނެއްކާ ކުލި ދައްކާނަމަ އިތުރު ޗާޖެއް ވެގެންދާނެ“

ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ސްޓެލްކޯގެ އެންމެ ބޮޑު ރައުސުލްމާލަކީ އެކުންފުނީގެ މުވައްޒަފުން ކަމަށް ވިދާޅުވެފައެވެ. އަދި ޝަރީފް ވަނީ ވަޒީފާގެ ކުރިއެރުން ނުލިބި ތިބި 420 މުވައްޒަފަކަށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ވަޒީފާގެ ކުރިއެރުން ދިނުމަށް ނިންމާފައިވާކަމަށް ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: