ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކޮށްފި

ރައީސް ސޯލިހު އަދި އިންޑިއާގެ އެކްސްޓާަރނަލް އެފެއަރޒް މިނިސްޓަރ ޖަޔަޝަންކަރު: ފޮޓޯ/ ޕީޓީއައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު، ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހު ކޮމަންވެލްތު ބައްދަލުވުމަކަށް ރުވާންޑާއަށް ކުރެއްވި ދަތުރުގެ ތެރެއިން، އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރުވަނީ އެ މަނިކުފާނުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައި، ރައީސް ސޯލިހު އަދި އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރާއި ދެމެދު ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖޭއާއި އިންޑިއާގެ ގުޅުމަށް އަލިއަޅުވައި މަޝްވަރާތަކެއް ކުރެވިފަވެއެވެ. އެގޮތުން، ދެގައުމަށްވެސް ފައިދާވެނިވި ގޮތަކަށް، ދެ ގައުމުންވެސް ޝައުގުވެރިވާ ކަންތަތައްތަކުގެ އިތުރުން، ގާއިމު ކުރެވިފައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.

އިންޑިއާ އާއި ދިވެހި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާތަކެއް ކުރެވި ރައީސް ސޯލިހާއި، އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރ ޖަޔަޝަންކަރާއި ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ސަޤާފަތާއި ދެޤައުމުގެ ވެސް ޤަބޫލުކުރުންތަކުގެ މައްޗަށްކަމަށެވެ. އަދި ބޭރު ގައުމުތަކާއިިއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމަކީ، އެ މަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމައް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ވެދީފައިވާ އެހީތެރިކަންވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭއާއި އިންޑިއާގެ ގުޅުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ބޭނުންވާކަމަށް ދެ ބޭފުޅުންވެސް ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ، ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: